English Edition
Dhivehi Edition
ޕީއެންސީ ކޮންގަރެސްގެ ތެރެއިން / ފޮޓޯ: ޕީއެންސީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސްގައި، އެ ޕާޓީގެ މެންބަރުންގެ މަޖިލީހުގެ އަންހެން ބޭފުޅުންނަށް ހާއްސަކުރި 10 ގޮނޑިއަށް މެންބަރުން އިންތިހާބުކޮށްފިއެވެ

ސޯޝަލް ސެންޓަރުގައި ބޭއްވި އިންތިހާބުގައި ޖުމްލަ 22 ކެންޑިޑޭޓުން ވާދަކުރެއްވި އިރު، 1،085 މަންދޫބުން ވަނީ ވޯޓު ދެއްވާފައެވެ. އަންހެނުންގެ މަޖިލީހުގެ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އެއްވަނަ ހޯއްދެވީ 930 ވޯޓާއެކު މަރިޔަމް ޝިއުނާއެވެ.

އިންތިޚާބުވި 10 މެންބަރުންނާއި ލިބުނު ވޯޓުގެ ނަތީޖާ:

  1. މަރިޔަމް ޝިއުނާ: 930 ވޯޓު (88.18%)
  2. ޝެރީނާ އަބްދުއްސަމަދު: 885 ވޯޓު (81.57%)
  3. ފާތިމަތު މިޒްނާ އަލީ: 881 ވޯޓު (81.20%)
  4. މަރިޔަމް ޝާމިއާ: 870 ވޯޓު (80.18%)
  5. އާއިޝަތު މުޙައްމަދު: 863 ވޯޓު (79.54%)
  6. އާމިނަތު ނަމްޒާ: 846 ވޯޓު (77.97%)
  7. އާސިޔަތު ރީޝާ މުހައްމަދު: 843 ވޯޓު (77.51%)
  8. ފާތިމަތު މުހައްމަދު: 841 ވޯޓު (78.00%)
  9. ފާތިމަތު ރުކުޝާނާ: 837 ވޯޓު (77.14%)
  10. އާމިނަތު ޝުހުދާ: 819 ވޯޓު (75.48%)