އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް އިންތިޚާބުގައި، އެ ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް އިސް ބޭފުޅުންތަކެއް ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.
މިހާތަނަށް މި މަގާމަށް ކުރިމަތިލެއްވި ޖުމްލަ 6 ބޭފުޅުންނަކީ:
މި ބޭފުޅުންގެ ތެރެއިން މިނިސްޓަރު ސައީދާއި، މުންދު އަދި މެންބަރު ޝުޖާއުއަކީ މިހާރުވެސް ޕީއެންސީގެ ނައިބު ރައީސުންގެ މަގާމުގައި ތިއްބެވި ބޭފުޅުންނެވެ. މިނިސްޓަރު ސައީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ގައުމާއި ރައްޔިތުންގެ ހިދުމަތުގައި ފަހި ވަގުތުތަކުގަ އާއި އުނދަގޫ ހާލަތްތަކުގައިވެސް ސާބިތުކަމާއެކު ދެގޮތެއްނުވެ ޕާޓީގައި ދެމިހުންނެވި ކަމަށެވެ.
މީގެއިތުރުން، މެންބަރު ޝުޖާއުވެސް ވަނީ އެ މަގާމަށް އަލުން އިންތިހާބުވާންޖެހޭ ސަބަބުތައް ހާމަކުރައްވައި، އިދިކޮޅު އެމްޑީޕީއާ ދެކޮޅަށް ނުކުމެވަޑައިގެން ޕާޓީގެ ރައީސާއެކު ސާބިތުވެ ހުންނެވިކަން ފާހަގަކުރައްވާފައެވެ. އަސްމާ އާއި އޭނާގެ ދަރިކަލުން މުންދު ޕީއެންސީގެ ނައިބު ރައީސްކަމަށް ކުރިމަތިލައްވާފައިވާއިރު، މީގެ ކުރިން ސަރުކާރާއި އަސްމާއާ ދެމެދު ވަކި ހިޔާލުތަކެއް އުފެދިގެން އުޅޭކަމުގެ އަޑުތަކެއް ފެތުރިގެން ދިޔައެވެ. ނަމަވެސް، ފަހުން ވަނީ ސަރުކާރުގެ ވަޒީރުންގެ ފެންވަރުގައި އިސް ތަރުޖަމާނުގެ މަގާމު މުންދުއަށް ދެއްވާފައެވެ.