English Edition
Dhivehi Edition
ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު

ކުރީގެ ރައީސް އަބްދުއްﷲ ޔާމީން ހުންނެވީ ސިޔާސީ ގޮތުން ”އައުޓްޑޭޓް“ ވެފައި ކަމަށާއި، ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ބްލެކް މާކެޓްގައި 23 ރުފިޔާގައި ހުރި ޑޮލަރުގެ އަގު މިހާރު 19 ރުފިޔާއަށް ތިރިވެފައިވާ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ގާނޫނުތަކަށް އިސްލާހު ގެނެސްގެން ޑޮލަރުގެ އަގަށް ބަދަލު ނުުގެނެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް، ސަރުކާރުގެ ސިޔާސަތުތަކާއެކު އެކަން ހަގީގަތަކަށް ހައްދަވައިދެއްވާފައިވާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ޑޮލަރު ހުރި އަގަށް އަދިވެސް ތިރިކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މީގެ އިތުރުން ފަލާހު ވިދާޅުީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ޔާމީންވެސް މިހާރު ހުންނެވީ ގައުމުގެ ސިޔާސީ މަޝްރަހުގައި ”ވާނުވާ ނޭގޭ“ ހާލަތެއްގައި ކަމަށެވެ. އެމްޑީޕީގެ ވެރިކަމުގައި ރައީސް ޔާމީން އޮންނެވީ ޖަލުގައި ކަމަށާއި، ރައީސް މުއިއްޒަށް ވެރިކަން ނުލިބުނު ނަމަ މިއަދުވެސް އޭނާ އޮންނަވާނީ ޖަލުގައި ކަމަށް ފަލާހު ވިދާޅުވިއެވެ.