English Edition
Dhivehi Edition
އާއިޝަތު ޒަމްރާ ޒާހިރު

އައްޑޫ ސިޓީގެ ހަންކެޑެ ތަރައްގީކުރުމަށް ސަރުކާރުން އުފައްދަވާފައިވާ އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީސީއޯގެ މަގާމުގައި ހުންނެވި އާއިޝަތު ޒަމްރާ ޒާހިރު އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މި ކޯޕަރޭޝަން އުފައްދަވާފައިވަނީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރެއްވީ މި އޮގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ

އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލްގެ ދަށުން ހަންކެޑަ ތަރައްގީކޮށް، އައްޑޫ ސަރަހައްދުގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމާއި، ސިނާއަތުން ލިބޭ ނަފާ އައްޑޫގެ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބިދިނުމެވެ.

ހަންކެޑައަކީ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރާ ސަރަހައްދެއްގެ ގޮތުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، 2021 ޑިސެމްބަރު 2 ގައި ވަނީ ގަރާރަކުން ކަނޑައަޅުއްވައިފައެވެ.