English Edition
Dhivehi Edition

އެމްޕީބީގެ “އެމްޕީބީ ޕްލަސް” މޯބައިލް އެޕްލިކޭޝަނާއި އިންޓަނެޓް ބޭންކިން ހިދުމަތް ރައީސް ޑރ. މުހައްމަދު މުއިއްޒު އިފުތިތާހުކޮށްދެއްވައިފިއެވެ.

ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެޕްލިކޭޝަން އިފުތިތާހުކޮށްދެއްވި އިރު، އެމްޕީބީއަކީ ޓިއާ 1 ފެންވަރުގެ، ސައްތައިން ސައްތަ ދިވެހި ބޭންކެކެވެ. މި ބޭންކުގެ މައިގަނޑު މަގުސަދަކީ ޒަމާނީ، އިތުބާރު ހުރި މާލީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

އެމްޕީބީން ބުނި ގޮތުގައި، “އެމްޕީބީ ޕްލަސް” އެޕްލިކޭޝަން މެދުވެރިކޮށް ވަކިވަކި ފަރުދުންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ކޯޕަރޭޝަންތަކަށް ފަސޭހަކަމާއެކު ބޭންކިން ހިދުމަތްތައް ލިބިގެންދާނެއެވެ. އަދި މިއީ ރާއްޖެއާއި އިންޓަނޭޝަނަލް މައިދާނުގައި ފަހި ފުރުސަތުތައް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ މަންސައެކެވެ.

މި ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އިތުރުން، މިނިސްޓަރުންނާއި، މަރުކަޒީ ބޭންކުގެ ގަވަރނަރު އަހުމަދު މުނައްވަރާއި، ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް އަދި އެމްޕީބީގެ ހިއްސާދާރު މުހައްމަދު އަލީ ޖަނާހު ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޕީބީގެ ހިދުމަތްތައް ބައްޓަންކޮށްފައިވަނީ ޑިޖިޓަލް މަންސައެއްގެ ތެރެއިން ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް ބިނާކޮށް، ހަރުދަނާ އޮނިގަނޑެއްގެ ތެރެއިން ކަސްޓަމަރުންނަށް އިސްކަންދީގެން ހިދުމަތް ފޯރުކޮށްދިނުމަށެވެ.