English Edition
Dhivehi Edition

ރޭ ހައްޔަރުކުރި ބޭފުޅުން ސަލާމަތް ކުރުމަށް އިންޑިއާގެ އަސްކަރިއްޔާގެ އެހީތެރިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހި ރައްޔިތުންގެ ފަރާތުން އެމަނިކުފާނު އިންޑިއާ ސަރުކާރުގައި އެދެނީ އިންޑިއާގެ މިލިޓަރީ ހިމެނޭ ގޮތަށް، އިންޑިއާގެ ހާއްސަ މަންދޫބެއް ފަނޑިޔާރުންނާއި ކުރީގެ ރައީސް މައުމޫން ސަލާމަތް ކުރެއްވުމަށް ފޮނުއްވުމަށެވެ.

އެމެރިކާ އިން ދިވެހި ސަރުކާރުގެ އިސްވެރިންގެ މާލީ މުއާމަލާތްތައް ހުއްޓުވައި ދިނުމަށް ވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ނަޝީދު މިގޮތަށް ގޮވާލައްވަވާފައިވާއިރު ދުނިޔޭގެ ގައުމުތަކުން ދަނީ ރާއްޖޭގައި އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށް ގޮވާލަމުންނެވެ.

2 ކޮމެންޓް
ނަދުހާ
ފެބުރުއަރީ 6, 2018
މި ރާއްޖޭގައި ވީ ހުރިހާ ސިޔާސީ ލީޑަރުންނަށް ހަމަހަމައަށް ވެރިކަން ކުރެވޭ ގޮތަށް ޓީމަކުން ވެރިކަން ކުރަން. އެންމެ މީހަކަށް ވެރިކަން ދީގެން އެހެންމީހުންނަށް ކެތެއް ނުވޭ. ޔާމީނު، ނަޝީދު، މައުމޫނު، ގާސިމް، އުމަރު ފާރިސް މިއީ ހައްތަހާވެސް ރައީސުންނަށް ހަދަން މަޖިލިހުން ފާސްކޮށްލާ
އައިޝަތު އަލީ
ފެބުރުއަރީ 6, 2018
ދެން ފެންނާނީ އިންޑިއާ ސިފައިން އައިސް ރާއްޖެއަށް އަރައި ރާއްޖެ ހިފާތަން..އެންމެން ވެރިކަމާހެދި ތެޅި ފޮޅޭ.