ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ 16 ދުވަހުގެ ޗުއްޓީއަށްފަހު، ދެވަނަ ޓާމުގެ ކިޔެވުން އާދިއްތަ ދުވަހު ފަށައިފިއެވެ. ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލުމަށްފަހު ސްކޫލްތައް ޗުއްޓީއަށް ދިޔައީ ޖުލައި 16 ވަނަ ދުވަހުއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި ދިރާސީ އަހަރު ސަރުކާރުގެ 219 ސްކޫލެއްގައި 77،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރެއެވެ. އަދި މި އަހަރު އަލަށް ގްރޭޑް 1 އަށް ވަނުމަށް 4،790 ދަރިވަރުންނަށް ޖާގަދީފައިވެއެވެ. މީގެ އިތުރުން ދިރާސީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18 އިން ޖެނުއަރީ 12 އަށެވެ.
ދަރިވަރުންނަށް ކިޔަވައިދިނުމުގައި 6،516 ދިވެހި ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން ހަރަކާތްތެރިވެއެވެ.