ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރަކާތްތެރިވާ ފުޑް އިންސްޕެކްޓަރުންގެ މަސްއޫލިއްޔަތުތަކާއި ސުލޫކީ މިންގަނޑުތަކާ ޚިލާފުވެއްޖެނަމަ، އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ޤަވާއިދު އެކުލަވާލައިފިއެވެ.
މި ޤަވާއިދަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން، އިންސްޕެކްޓަރުން އައްޔަންކުރުމުގެ އުސޫލުތަކާއި، އެ ފަރާތްތަކަށް ލިބިގެންވާ ބާރުތަކާއި، މަސައްކަތުގެ މައިދާނުގައި ގެންގުޅެންޖެހޭ އަސާސީ ސުލޫކީ މިންގަނޑުތައް ބަޔާންކޮށް އެކުލަވާލާފައިވާ ގަވާއިދެކެވެ.
އިންސްޕެކްޓަރަކު ޤާނޫނާ ނުވަތަ އުސޫލާ ޚިލާފު ޢަމަލެއް ހިންގައިފިނަމަ، ކުށުގެ ކުޑަބޮޑުމިނަށް ބަލައި 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ޖޫރިމަނާ ކުރާނެ މަރުހަލާތަކީ:
މީގެ އިތުރުން ސިވިލް ސާވިސްގެ ގަވާއިދުގެ ދަށުން އިދާރީ ފިޔަވަޅުތައް އެޅުމުގެ ބާރުވެސް އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.
މި ޤަވާއިދުގެ ދަށުން ކާބޯތަކެތި އުފައްދާ، ރައްކާކުރާ އަދި ވިއްކާ ތަންތަން ދުރާލައި އެންގުމަކާ ނުލައި ފާސްކުރުމުގެ ބާރު އިންސްޕެކްޓަރުންނަށް ލިބިގެންވެއެވެ. އަދި ސާމްޕަލް ނަގައި ޓެސްޓުކުރުމާއި، ރެކޯޑުތަކުގެ ކޮޕީ ހެދުމާއި، މިންގަނޑަށް ނުފެތޭ ތަކެތި ހިފެހެއްޓުމާއި އާންމު ސިއްހަތަށް ނުރައްކާވާ ހާލަތްތަކުގައި ތަކެތި ނައްތައިލުމުގެ ބާރުވެސް ލިބެއެވެ. ނަމަވެސް އަމިއްލަ ގެދޮރު ފާސްކުރެވޭނީ ވެރިފަރާތުގެ ހުއްދައާއެކު ނުވަތަ ކޯޓު އަމުރެއްގެ ދަށުންނެވެ.
އިންސްޕެކްޓަރުންނަށް ކަނޑައެޅިގެން މަނާކަންކަމުގެ ތެރޭގައި:
އިންސްޕެކްޓަރެއްގެ ނިންމުމަކާމެދު މީހަކު ހިތްހަމަނުޖެހޭނަމަ 15 ދުވަހުގެ ތެރޭގައި އެމްއެފްޑީއޭއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ޝަކުވާ ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި އެ މައްސަލައަކަށް އެމްއެފްޑީއޭއިން ޖަވާބެއް ދޭންޖެހޭނެއެވެ.