English Edition
Dhivehi Edition

ބްރިޓެއިންގެ އެންމެ ބޮޑު އާއިލާގެ އަންހެންމީހާ ކަމަށްވާ ސުއި ރެޑްފޯޑް އޭނަގެ 22 ވަނަ ދަރިފުޅު އުފަންވެއްޖެކަން ހާމަކޮށްފިއެވެ.

ރެޑްފޯޑް 45އ އާއި އޭނަގެ ފިރިމީހާ ނޮއެލް 49އ މި އުފާވެރި ހަބަރު ހިއްސާކުރަމުން ބުނެފައިވަނީ މިވަގުތު ދުނިޔޭގައި ފެތުރެމުން އަންނަ ކޮވޮޑް19 އާއި ގުޅިގެން ހޮސްޕިޓަލަށް ވިހަންދާން ބިރުގަތް ނަމަވެސް ހުރިހާކަމެއްވެސް ދިޔައީ ރަނގަޅަށް ކަމަށެވެ.

މިއާއިލާއާށް އަލަށް އުފަންވީ އަންހެން ކުއްޖެކެވެ. މިކުއްޖާގެ ބަރުދަނުގައި 7ޕައުންޑް ހުރިކަމަށް ވެއެވެ. ރެޑްފޯޑް ވިހެއުމަށްފަހު ދަ ސަން އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ކޮވިޑް19 އާއި ގުޅިގެން ވިހާކުދިންގެ ރެޖިސްޓްރީ މިވަގުތު މަޑުޖެހިފައިވާތީ އަދި އެކުއްޖާ އަށް ކިޔާނެ ނަމެއްކަނޑައަޅާފައި ނުވާކަމަށެވެ.

ބްރިޓެއިންގެ މިދެމަފިރިން ނަށް 21 ވަނަ ކުއްޖާ ލިބުމަށްފަހު 2018 ވަނަ އަހަރު ވަނީ އިތުރު ދަރިއަކު ނުހޯދާނެ ވާހަކަ މެސެޖަކުން މީޑިއާއަށް ހާމަކޮށްފައެވެ. ނަމަވެސް ޔޫޓިއުބް ވީޑިއޯއެއްގައި މިދެމީހުން ބުނެފައިވަނީ 22 ވަނަ ކުއްޖާ އަށް ސުއި ބަލިވެއިންކަމަށެވެ.

މީގެ ކުރިންވެސް މިއާއިލާއަށް ދުނިޔޭގެ ކަންކޮޅުތަކުން ސަމާލުކަން ލިބިފައިވެއެވެ. ރެޑްފޯޑް ބަލިވެ އިންކަން ހާމަކުރަމުން އޭރުބުނެފައިވަނީ އޭނަ އުންމީދުކުރަނީ ފިރިހެން ކުއްޖެއް ލިބޭނެކަމަށެވެ. އެހެން ނަމަވެސް މިފަހަރު ވިހެއީ އަންހެން ކުއްޖެކެވެ.

ބޭކަރީ އެއް ހިންގައިގެން އާއިލާގެ ހަރަދު ބަލަހައްޓަމުން ދާ ރެޑްފޯޑް އުޅެނީ 10 ކޮޓަރީގެ ގެއެއްގައެވެ. މިގެ ގަނެފައިވަނީ 2004 ވަނަ އަހަރުއެވެ. ރެޑްފޯޑް ފަހުން ވިހެއިކުއްޖާ އަށް ބަލިވެއިނުމުގެ ކުރިން އެންމެފަހުން ކުއްޖަކު ވިހެއީ ނޮވެމްބަރ މަހު އެވެ.އެއީ ބޯނީ އެވެ. ރެޑްފޯޑް މިހާރު ވިހެއި ކުއްޖާ ނުހިމަނައި މިހާރު ދުނިޔޭގައި ތިބި ދަރިންނަކީ، ކްރިސް 30އ، ސޯފީ 26އ، ކްލޯއީ 24އ، ޖެކް 22، ޑެނިއެލް 21، ލޫކް19އ، މިލީ18އ، ކެޓީ17އ، ޖޭމްސް16އ، އެލީ15އ، އައިލީ 13އ، ޖޯޝް13އ، މެކްސް11އ، ޓީލީ9އ، އޮސްކާ8އ، ކެސްޕާ7އ، އެލްފީ5އ، ހޭލީ4އ، ފޯބް3އ، އާޗީ2 އަދި ބޯނީ17 މަހެވެ.

ސޯފީ ފިޔަވާ ހުރިހާ ދަރިން ދިރިއުޅެނީ ރެޑްފޯޑް އާއެކު އެގޭގައެވެ. ހަފްތާއަކު 350ޕައުންޑް ކެއުމަށް ހަރަދު ދާ އިރު ރެޑްފޯޑްބުނީ ހުރިހާ ކުދިންތައް ނިދުމުން ގޭތެރެ ސާފުކުރުމަށް ކޮންމެ ދުވަހަކު 3ގަޑިއިރުނަގާ ކަމަށެވެ. އަދިހެދުން ދޮންނަ ދުވަހެއް ނަމަ 18ކިލޯގެ ހެދުން ކޮންމެ ދުވަހަކު ދޮންނަން ޖެހޭކަމަށް އޭނަ ބުންޏެވެ. “އެންމެ އުނދަގޫވަނީ ހޮލިޑޭއަކަށް ތަނަކަށްދާން. ކުދިންގެ ބޮލަކަށްޖޭހޭ އަގުގެއިތުރަށް 7 ބޮޑު ފޮށިގެންދަން ޖެހޭ” ރެޑްފޯޑް މިދިޔަ އަހަރު ފިމެއިލް ކިޔާ މަޖައްލާ އަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

22 ދަރިން ވިހައި އަވަދިނެތި އުޅޭ މަންމަ ބުނީ އޭނަ އަބަދުވެސް ދަރިން ހިތްހަމަ ޖައްސަން ތަންތަނަށް ގެންދާ ކަމަށާއި ތަންތަނަށް ދާންޖެހެނީ އިންޓަނެޓް އިން އަގުހެޔޮތަންތަން ބަލާފައި ކަމަށެވެ. ވިހެއުމަކީ މާބޮޑު ކަމެއް ނޫންކަމަށް ދެކޭ މިމަންމަ އަށް ސިއްޙީ އެއްވެސް ބޮޑު މައްސަލައެއް މިހައިތަނަށް ދިމާވެފައި ނުވާކަމަށް އޭނަބުނެއެވެ.