English Edition
Dhivehi Edition
ގަތަރުގެ ކުރީގެ އަމީރު، ޝައިޚް ހަމަދު ބިން ޚަލީފާ އާލް ޘާނީ

ޤަތަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިހް ހަމަދު ބިން ހަލީފާ އާލް ޘާނީ އަވަހާރަވުމުގެ ހިތާމައިގައި، ޖުލައި 13 ވާ ހޯމަ ދުވަހުގެ މެންދުރު 12:00އިން ފެށިގެން ޖުލައި 14 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް، ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް ޑރ މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިގޮތަށް ހަމަޖެއްސެވީ، ދިވެހިރާއްޖެއާއި ޤަތަރާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމާއި، ޝައިޚް ހަމަދު ބިން ހަލީފާ އާލް ޘާނީ، ޤަތަރުގެ އަމީރު ކަމުގެ މަގާމުގައި ހުންނެވިއިރު، ރާއްޖެއާމެދު ބެހެއްޓެވި ގާތްކަމާއި، ރާއްޖޭގެ ތަރައްގީއަށާއި ކުރިއެރުމަށް ވެދެއްވި ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގު ވަޒަންކުރެއްވުގެ ގޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ފަސްދާނުލާފައި ވަނީ އިއްޔެ، ރަސްމީ އިއްޒަތުގައެވެ. އަދި އެމަނިކުފާނު އަވަހާރަވުމާއި ގުޅިގެން ޤަތަރުގައި ބާއްވާ ރަސްމީ ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް އެގައުމަށް މިއަދު ހެނދުނު ވަނީ ފުރާވަޑައިގަންނަވައިފައެވެ.