މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގައި ކުއްލި ހާލަތު އިއުލާންކޮށްފިއެވެ
ކުއްލި ނުރައްކަލުގެ ހާލަތުގެ ބަޔާން އިއުލާންކޮށްދެއްވީ ރައީސް އޮފީހުގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ރައީސް އޮފީހުގެ ލީގަލް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުއެވެ. އެޓާނީ ޖެނެރަލް ވެސް ބައިވެރިވެޑައިގެންނެވި މި ބައްދަލުވުމުގައި އާޒިމާ ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން ދައުލަތުގެ ހިންގުން ހުއްޓިފައިވާ ކަމަށެވެ
15 ދުވަހަށް ކުއްލި ހާލަތު އިއުލާންކޮށްފައިވާއިރު އެޓޭނީ ޖެނެރަލް ވިދާޅުވީ މިހާލަތަށް އައިއިރު ވަރަށް ބޮޑު ގޮންޖެހުންތަކެއް ދިމާވެއްޖެކަމަށާއި މި ހާލަތުން ސަލާމަތްވުމަށް ގާނޫނީ އިމުގެ ތެރޭގައި މަސައްކަތްކުރަމުންދާކަމަށެވެ