English Edition
Dhivehi Edition
މީގެ ކުރިން ސިއްރުން ރާއްޖެ އެތެރެކުރި ސިނގިރޭޓް / ފޮޓޯ: ކަސްޓަމްސް

ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުމަށްޓަކައި އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލުގައިވާ ގޮތުން ކުރިން ސިނގިރޭޓަކުން ނަގަމުން އައި 8 ރުފިޔާގެ ޑިއުޓީ ވަނީ 4 ރުފިޔާއަށް ކުޑަކޮށްފައެވެ. އަދި އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި 30 އިންސައްތަ ނެގުމަށް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން ދުންފަތުގެ ނުރައްކާތެރި އާދައިން ދުރުވުމަށް އާންމުން ބޭނުންކުރާ ސިއްހީ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ ވަނީ މައާފުކޮށްފައެވެ