English Edition
Dhivehi Edition
ޢަބްދުﷲ ސާދިގު (ސޯބެ)

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސާދިގް (ސޯބެ)، މަޖިލީހުގެ ދެ ކޮމިޓީއަކަށް އައްޔަންކުރަން މިއަދު ފާސްކޮށްފިއެވެ.

ސޯބެ އައްޔަންކުރަން ނިންމާފައިވަނީ މަޖިލީހުގެ މުހިންމު ދެ ކޮމިޓީއެއް ކަމަށްވާ ލާމަރުކަޒީ ކޮމިޓީ އަދި އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށެވެ.

މިއަދުގެ ޖަލްސާގައި ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ހިމެނޭ ގޮތުގެ ރިޕޯޓް އިއްވާފައިވާއިރު މި ރިޕޯޓް ފާސްކޮށްފައި ވަނީ އެމްޑީޕީ މެންބަރުންވެސް ހިމެނޭހެން 68 މެންބަރުންގެ ވޯޓުންނެވެ.

މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު ބޭއްވުނު ބައި-އިލެކްޝަން ކާމިޔާބު ކުރައްވައި ސޯބެ މަގާމުގެ ހުވާކުރެއްވުމާ އެކު، މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުންގެ އަދަދު 13 އަށް އެރުމާއި ގުޅިގެން ސިޔާސީ ޕާޓީތަކަށް ކޮމިޓީތަކުން ޖާގަ ލިބޭ ނިސްބަތަށް ބަދަލު އައިސް، އެމްޑީޕީއަށް ކޮމިޓީތަކުން އިތުރު ދެ ޖާގަ ލިބުނެވެ.