English Edition
Dhivehi Edition

މި ލިސްޓު ތައްޔާރުކޮށްފައިވަނީ މައިގަނޑު ގޮތެއްގައި ފާއިތުވި ދެ ސީޒަނެއްގައި ކްލަބް ލެވެލްގައި ކުޅުންތެރިން ދެއްކި ކުޅުމަށް ބަލައިގެންނެވެ. މި 50 ކުޅުންތެރިން ބަހާލެވިފައިވަނީ 7 ގިންތިއަކަށެވެ. މައިގަނޑު ގޮތެއްގައި ބަލާފައިވަނީ ޓީމު މޮޅުކޮށްދިނުމުގައި ކުޅުންތެރިޔާގެ ހިއްސާ އޮތް މިންވަރެވެ.

ގިންތި 7: ކްލަބަށް މުހިންމު – ނަމަވެސް ވޯލްޑް ކަޕްގައި ސުވާލު އުފެދޭ

50- މުހައްމަދު ސަލާހް (އިޖިޕްޓް)

49- ކައި ހާވަރޓްޒް (ޖަރުމަނު)

48- ބެނާޑޯ ސިލްވާ (ޕޯޗުގަލް)

47- ޖޫލްސް ކޫންޑޭ (ފްރާންސް)

46- ޖޮސްކޯ ގްވާޑިއޯލް (ކްރޮއޭޝިއާ)

45- އެމިލިއާނޯ މާޓިނޭޒް (އާޖެންޓީނާ )

44- ގަބްރިއަލް މަގަލްހައެސް (ބްރެޒިލް)

43- ވިލިއަން ޕާޗޯ (އިކުއެޑޯ)

42- މާކީނިއޯސް (ބްރެޒިލް)

41- ތިބޯ ކޯޓުއާ (ބެލްޖިއަމް)

މި ގިންތީގައި ހިމެނެނީ ގޯލު ޖެހުމުގެ އިތުރުން ޓީމަށް އެކި ގޮތްގޮތުން އެހީތެރިވާ ކުޅުންތެރިންނެވެ. ސަލާހް މި ލިސްޓުގައި ހިމެނުމަކީ އުނދަގޫ ނިންމުމެކެވެ. ނަމަވެސް އޭނާއަދިވެސް ނުރައްކާތެރި ކުޅުންތެރިއެކެވެ. ކޫންޑޭ އަދި ގްވާޑިއޯލް ފަދަ ކުޅުންތެރިންނަކީ ޑިފެންސްގައިވެސް އަދި ކުރިއަށް އަރައި ކުޅުމުގައިވެސް ކުޅަދާނަ ކުޅުންތެރިންނެވެ. މާޓިނޭޒް އަދި ކޯޓުއާއަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ދެ ގޯލްކީޕަރުންނެވެ.

ގިންތި 6: ޕާސްކުރުމުގެ ހުނަރުވެރިން

40- ކަސެމީރޯ (ބްރެޒިލް)

39- ރޮޑްރީ (ސްޕެއިން)

38- ޖޯޝުއާ ކިމިކް (ޖަރުމަނު)

37- ލޫކާ މޮޑްރިޗް (ކްރޮއޭޝިއާ)

36- ވާޖިލް ފެން ޑައިކް (ނެދަލޭންޑްސް)

މިކުޅުންތެރީންނަކީ އުމުރުން ދުވަސްވީ ކުޅުންތެރީންނަމަވެސް، ބޯޅައާއެކު ދައްކާ ހުނަރުގެ ސަބަބުން އަދިވެސް އެންމެ މަތީ ފަންތީގައި ތިބި ކުޅުންތެރިންނެވެ. މޮޑްރިޗް އާއި ކިމިކްގެ ޕާސްކުރުމުގެ ފެންވަރަކީ އަދިވެސް އާދަޔާ ޚިލާފަށް ފާހަގަކޮށްލަން ޖެހޭކަމެކެވެ.

ގިންތި 5:

35- އެލެގްޒެންޑަރ އިސާކް (ސްވިޑަން)

34- ފްލޯރިއަން ވިއާޓްޒް (ޖަރުމަނު)

33- ޔާން ދިއޮމަންޑޭ (އައިވަރީ ކޯސްޓް)

32- ޖަމާލް މުސިއާލާ (ޖަރުމަނު)

މި ކުޅުންތެރިންނަކީ އަންނަ އަހަރު މި ލިސްޓުގެ އެންމެ ކުރީގައި ނުވަތަ ލިސްޓުން ބޭރުގައިވެސް ތިބެދާނެ ކުޅުންތެރިންނެވެ. ދިއޮމަންޑޭ އަކީ އަރަމުން އަންނަ އާ ސުޕަސްޓާރެކެވެ. މުސިއާލާ އާއި ވިއާޓްޒް އަކީ ޖަރުމަނުގެ އުއްމީދީ ދެ ތަރިންނެވެ.

ގިންތި 4: އެންމެ މޮޅު އެހީތެރިވާ ކުޅުންތެރިން

31- އެންޓޮއިން ސެމެންޔޯ (ގާނާ)

30- ބްރެޑްލީ ބާކޯލާ (ފްރާންސް)

29- ލުއިސް ޑިއާޒް (ކޮލަމްބިއާ)

28- ޑެސިރޭ ޑޫއޭ (ފްރާންސް)

27- ލައުޓާރޯ މާޓިނޭޒް (އާޖެންޓީނާ)

26- ނޫނޯ މެންޑޭޒް (ޕޯޗުގަލް)

25- އަޝްރަފް ހަކީމީ (މޮރޮކޯ)

24- ރަޔާން ޗެރްކީ (ފްރާންސް)

23- ޖެރެމީ ޑޮކޫ (ބެލްޖިއަމް)

22- ހޫލިއަން އަލްވަރޭޒް (އާޖެންޓީނާ)

މި ކުޅުންތެރިންނަކީ ދުނިޔޭގެ އެންމެ މޮޅު ޓީމުތަކުގައި މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިންނެވެ. ޗެރްކީ އާއި ޑޮކޫ އަކީ ޕްރިމިއާ ލީގުގައި އެންމެ ނުފޫޒުގަދަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދެ ކުޅުންތެރިންނެވެ.

ގިންތި 3: މެދުތެރޭގެ ތަރިން

21- ޖޮއާއޮ ނޭވޭސް (ޕޯޗުގަލް)

20- މޮއިސަސް ކައިސޭޑޯ (އިކުއެޑޯ)

19- ފެޑެރިކޯ ވަލްވާޑޭ (އުރުގުއޭ)

18- ބްރޫނޯ ގިމަރޭޒް (ބްރެޒިލް)

17- ވިޓީނިއާ (ޕޯޗުގަލް)

16- ޑެކްލަން ރައިސް (އިންގްލެންޑް)

މި ކުޅުންތެރިންނަކީ ދަނޑުގެ މެދުތެރޭގައި ބޯޅަ ހޯދުމާއި، ހަމަލާ އުފެއްދުމުގައި މުހިއްމު ދައުރު ދައުރެއް އަދާކުރާ ކުޅުންތެރީންނެވެ.

ގިންތި 2: ސުޕަސްޓާރުން

15- ލިއޮނަލް މެސީ (އާޖެންޓީނާ)

14- ކީލިއަން އެމްބާޕޭ (ފްރާންސް)

13- ޖޫޑް ބެލިންހަމް (އިންގްލެންޑް)

12- ވިނީޝިއަސް ޖޫނިއާ (ބްރެޒިލް)

11- އާލިން ހާލަންޑް (ނޯވޭ)

މިއީ ދުނިޔޭގެ އެންމެ މޮޅު 5 ކުޅުންތެރިން ކަމަށް ބުނެވިދާނެއެވެ. ނަމަވެސް، މި ކުޅުންތެރިން ޓީމެއްގެ ތެރެއަށް ފިޓްކުރުމަކީ އުނދަގޫ ކަމެކެވެ. ހާލަންޑް ގިނަ ގޯލު ޖެހި ނަމަވެސް ބޯޅަ ހޯދުމުގައި ބައިވެރިވުން ކުޑައެވެ. އެމްބާޕޭ އަކީ ޑިފެންސް ކުރުމުގައި އެހީތެރިވާ ކުޅުންތެރިއެއް ނޫނެވެ. މެސީގެ އުމުރުން ދުވަސްވުމުން މުޅި ޓީމު އޭނާއަށްޓަކައި މަސައްކަތް ކުރަންޖެހެއެވެ.

ގިންތި 1: ޗެމްޕިއަން ޓީމެއްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވުމުގެ ފުރުސަތު އޮތް ތަރިން

10- މާޓިން އޮޑެގާޑް (ނޯވޭ)

9- ބުކާޔޯ ސަކާ (އިންގްލެންޑް)

8- ރަފީނިއާ (ބްރެޒިލް)

7- ވިލިއަމް ސަލީބާ (ފްރާންސް)

6- ޕެޑްރީ (ސްޕެއިން)

5- ބްރޫނޯ ފެނާންޑޭޒް (ޕޯޗުގަލް)

4- ހެރީ ކޭން (އިންގްލެންޑް)

3- މައިކަލް އޮލީސޭ (ފްރާންސް)

2- ލަމީން ޔަމާލް (ސްޕެއިން)

އޮސްމާން ޑެމްބެލޭ (ފްރާންސް)

މި ކުޅުންތެރިންނަކީ ދުނިޔޭގެ ކޮންމެ ޓީމަކަށްވެސް ފިޓްވާނެ، އަދި ޓީމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނުޖެހި ނަތީޖާ ނެރެދޭނެ ކުޅުންތެރިންނެވެ. ސަކާ އާއި އޮޑެގާޑް އަކީ ހަމަލާދިނުމުގެ އިތުރުން ޑިފެންސްގައިވެސް އެހީތެރިވާ ކުޅުންތެރިންނެވެ. ލަމީން ޔަމާލް އަކީ ޒުވާން އުމުރުގައި މެސީ އާއި ނޭމާ ފަދަ ހުނަރެއް ދައްކަމުންދާ ކުޅުންތެރިއެކެވެ.

އެއްވަނައިގައި އޮތީ އޮސްމާން ޑެމްބެލޭއެވެ. އޭނާއަކީ ދެފައިން އެއްވަރަކަށް ކުޅޭ، އަދި ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ދުނިޔޭގައި މިވަގުތު ހުރި އެންމެ ވަރުގަދައަށް ޕްރެސްކުރާ އެއް ފޯވާޑެވެ.

މީގެ ހަތަރު އަހަރު ކުރިން، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނީ އޭނާގެ ޓީމު ބައިވެރިޔާ އެމްބާޕޭ ކަމަށް އެންމެން ގަބޫލުކުރިއެވެ.

ވޯލްޑް ކަޕް ފައިނަލްގައި އެމްބާޕޭ ހެޓްރިކެއް ހެދިއިރު، ޑެމްބެލޭއަށް ކުރެވުނު ކުށަކުން ޕެނަލްޓީއެއް ދީ، މެޗުގެ މެދުތެރެއިން އޭނާ ބޭލިއެވެ. ނަމަވެސް، އޭގެ އަހަރެއް ފަހުން ޑެމްބެލޭ ޕީ.އެސް.ޖީ އަށް ބަދަލުވެ، އެމްބާޕޭ އެ ކްލަބުން ވަކިވުމުން، މުޅި ޓީމުގެ އެޓޭކް ބިނާވެގެން ދިޔައީ ޑެމްބެލޭގެ މައްޗަށެވެ.

އެހެންކަމުން ޑެމްބެލޭ އަކީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމުގައި ބެލެވެނީ އެއީ އޭނާ ޓީމާ ހަވާލުވިތާ މާގިނަ ދުވަސްތަކެއް ނުވެ، ޕީ.އެސް.ޖީ އަކީ ދުނިޔޭގެ އެންމެ ވަރުގަދަ ފުޓްބޯޅަ ޓީމަށް ވެގެންދިޔުމެވެ.

މައުލޫމާތު: ބީބީސީ ސްޕޯޓްސް