ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް މިރޭ ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި އެ މަނިކުފާނު ސިންގަޕޫރަށް ވަޑައިގެންފައިވަނީ މިރޭގެ ވަގުތެއްގައެވެ. މިއީ އެ މަނިކުފާނު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅެކެވެ.
އެ މަނިކުފާނު އެންމެ ފަހުން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.