English Edition
Dhivehi Edition
ލިޔުނީ: އީމާން /ޝުހާ
ފޭދޫ ސްކޫލުގެ މުވައްޒަފުންނާއި ދަރިވަރުން އަދި ބެލެނިވެރިން ގުޅިގެން ހާއްސަ ރޯދަ ވީއްލުމެއް ބާއްވައިފިއެވެ
މި ރޯދަވީއްލުމުގެ މަގުސަދަކީ އެކުވެރި މާހައުލެއްގައި ދަރިވަރުންނާއި ޓީޗަރުންނަށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ. މިގޮތުން މި ރޯދަ ވީއްލުމުގައި ސްކޫލުގެ ގްރޭޑް 1 -10ގެ ހުރިހާ ދަރިވަރުންނާއި ސްކޫލުގެ ހުރިހާ ޓީޗަރުންވަނީ ބައިވެރިވެފައެވެ.
އަދި މި ރޯދަވީއްލުން ފުރިހަމައަށް ގެންދިއުމަށް ސްކޫލުގެ މަންދޫބުންގެ އިތުރުން އެންމެހާ ބެލެނިވެރިންގެ އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން އިންތިހާއަށް
.ލިބިފައިވާކަމަށް ސްކޫލުން ބުނެއެވެ
މި ރޯދަވީއްލުމުގައި ކޮންމެ ގްރޭޑަކުން ވަކިވަކި ބުފޭތައް ވަނީ ތައްޔާރުކޮށްފައެވެ. މިއިން ކޮންމެ ބުފޭއެއްވެސް ހުރީ ވަރަށް ރީއްޗަށް ތައްޔާރު ކޮށްފައެވެ. މީގެއިތުރުން
ސްކޫލުގެ އިސްވެރިންނާއި މުވައްޒަފުން އަދި ދަރިވަރުން ރޯދަ ވީއްލުމަށްފަހުވަނީ ފޭދޫ ބޮޑު މިސްކިތުގައި (މަސްޖިދުލް އަމާންގައި) މަޣްރިބު ނަމާދު އަދާކޮށްފައެވެ. މިގޮތުން ދަރިވަރުން ނަމާދަށްދިޔައީ ގްރޫޕްތަކަށް ބަހައިގެންނެވެ. މިއިން ކޮންމެ ގުރޫޕަކާއި ހަވާލުވެގެން ތިބީ ސީނިއަރ 2 ކުދިންނެވެ.
މި ހަފްލާ މިހާ ފުރިހަމަޔަށް ގެންދިއުމަށްޓަކައި އެކި ގޮތްގޮތުން އެހީތެރިވި އެންމެހާ ފަރާތްރަކަށް ސްކޫލުގެ މެނޭޖްމެންޓްއިން އިންތިހާއަށް ޝުކުރުވެރިވިއެވެ.