English Edition
Dhivehi Edition
ފޮޓޯ: ބާސެލޯނާގެ އައިޓާނާ ބޮންމާޓީ ޔޫއެފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ތަށީގައި ބޮސްދެނީ

ނޯވޭގައި ކުޅުނު ވިމެންސް ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ލިޔޯންގެ މައްޗަށް 4-0 އިން ކުރިހޯދައި، ބާސެލޯނާއިން މި ސީޒަނުގެ ހަތަރުވަނަ ތަށި ކާމިޔާބުކޮށް ޔޫރަޕުގެ އަންހެން ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރުގެ ގޮތުގައި ބާސެލޯނާ އަނެއްކާވެސް އެޓީމްގެ ނަން ދަމަހައްޓައިފިއެވެ.

ރޭ ކުޅެވުނު ޗެމްޕިއަންސް ލީގގެ ފައިނަލްމެޗްގައި ބާސެލޯނާއިން ކާމިޔާބުކުރި 4 ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެޗްގެ ފަހުހާފުގައެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ޕަޓްރީ ގުއިޖާރޯއެވެ. އޭނާ ވަނީ ދަނޑުގެ މެދުތެރެއިން 40 މީޓަރުގެ ދުރުމިނަކަށް ބޯޅަ ހިފައިގެން ގޮސް މޮޅު އެސިސްޓެއް ކޮށްފައެވެ. ގުއިޖާރޯއަކީ ބެލޮންޑޯ ހާސިލްކޮށްފައިވާ އައިޓާނާ ބޮންމާޓީ އާއި އެލެކްސިއާ ޕުޓެލަސް ފަދަ ތަރިންނާއެކު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ.

ބާސެލޯނާގެ ފޯވާޑް އީވާ ޕަޖޯ- ޕަޖޯ ވަނީ މިމެޗްގައި ބާސެލޯނާގެ ފުރަތަމަ ދެލަނޑު ކާމިޔާބުކޮށްދީފައި
ބާސެލޯނާގެ ފޯވާޑް އީވާ ޕަޖޯ- ޕަޖޯ ވަނީ މިމެޗްގައި ބާސެލޯނާގެ ފުރަތަމަ ދެލަނޑު ކާމިޔާބުކޮށްދީފައި

މިމެޗްގައި ބާސެލޯނާގެ ފޯވާޑް އީވާ ޕަޖޯ، ވަނީ އެޓީމުގެ ފުރަތަމަ ލަނޑާއި ދެވަނަ ލަނޑު ކާމިޔާބުކޮށް މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ޕަޖޯގެ ފުރަތަމަ ލަނޑު ވަނީ މެޗުގެ 55 ވަނަ މިނިޓްގައި ކާމިޔާބުކޮށްދީފައިވާއިރު ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ 69 ވަނަ މިނެޓުގައެވެ.

މެޗުގެ ނަތީޖާ އިތުރަށް ފުޅާކޮށްދިނީ ސަލްމާ ޕަރަލުއެލޯއެވެ. އޭނާ ވަނީ މެޗުގެ 90 ވަނަ މިނެޓުގައި ލަނޑެއް ޖަހައި، އަދި އިތުރު ވަގުތުގެ ތެރޭގައިވެސް އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ.

ބާސެލޯނާއިން މި ސީޒަނުގައި ކުޅުނު އެތެރޭގެ އަދި ބައިނަލްއަގުވާމީ ހުރިހާ މުބާރާތެއްގެ ތަށި މިހާރު ވަނީ ކާމިޔާބުކޮށްފައެވެ. ފާއިތުވި ހަ ސީޒަނުގެ ތެރޭގައި އެޓީމުން ވަނީ ހަތަރު ފަހަރު ޔޫރަޕުގެ ޗެމްޕިއަންކަން ހޯދާފައެވެ. މިއާއެކު، މީގެ ކުރިން ލިޔޯނުން އަންހެން ފުޓްބޯޅައިގައި ދަމަހައްޓަމުން އައި ރަސްކަން މިހާރު މިވަނީ ބާސެލޯނާއިން އަތުލާފައެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި އާސެނަލް އަތުން 1-0 އިން ބަލިވުމުގެ ސަބަބުން ބާސެލޯނާއަށް ހުރިހާ ތަށިތަކެއް އެއް ސީޒަނެއްގައި ހޯދުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.