English Edition
Dhivehi Edition
ބީއެމްއެލް ކޮމިއުނިޓީ ފަންޑުން މީދޫގައި ހަދާފައިވާ ހިތް ފަސޭހަ މައިޒާނެއް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާތަކުން މުޖުތަމައަށް ފައިދާހުރި، ދެމެހެއްޓެނިވި މަޝްރޫއުތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބާއްވާ ބޭންކް ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް އިން މިއަދު އާންމުކޮށްފިއެވެ.

މި ފަންޑަކީ 2024 ވަނަ އަހަރު ބީއެމްއެލް އިން ތައާރަފްކުރި، މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ހިންގާ މުހިންމު ހަރަކާތެކެވެ.މި އަހަރުގެ ބޭންކް ފަންޑުގެ ދަށުން ހޮވާލެވޭ 5 ފަރާތަކަށް ކޮންމެ ފަރާތަކަށް 200,000 ރުފިޔާގެ މާލީ އެހީ ފޯރުކޮށްދިނުމަށް ބޭންކުން ވަނީ ނިންމާފައެވެ. މި އެހީ ދިނުމުގައި އިސްކަންދޭނެ ދާއިރާތަކަކީ:

  • ތައުލީމު: އުނގަންނައިދިނުމާއި ހުނަރު ތަރައްގީކުރުމުގެ މަޝްރޫއުތައް.

  • ތިމާވެށި: ތިމާވެށި ހިމާޔަތްކުރުމާއި އިޔާދަކުރަނިވި ހަކަތައިގެ މަސައްކަތްތައް.

  • ކުޅިވަރު: ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކުރުން.

  • މުޖުތަމައު: އިޖުތިމާއީ ގޮތުން މުޖުތަމައަށް ފައިދާކުރާނެ އެކި ހަރަކާތްތައް.

ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ޖަމިއްޔާތަކުން އެޕްލިކޭޝަން ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް ހުށަހަޅެމުގެ ސުންގަޑިއަކީ 14 ޖޫން 2026، އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިއެވެ.

ބީއެމްއެލް އިން މަޢުލޫމާތު ދޭ ގޮތުގައި މި ފަންޑު ތައާރަފުކުރި ފަހުން މިހާތަނަށް ޖުމްލަ 9 ޖަމިއްޔާއަކަށް ވަނީ އެކި މަޝްރޫއުތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން “އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑު” ގެ ދަށުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 100 މަޝްރޫއެއް ހިންގުމަށް ބޭންކުން ވަނީ އެހީތެރިވެފައެވެ.