English Edition
Dhivehi Edition
ބީއެމްއެލް ކޮމިއުނިޓީ ފަންޑުން މީދޫގައި ހަދާފައިވާ ހިތް ފަސޭހަ މައިޒާނެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ދެވަނަ ފޭސްގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޖެކްޓް ހޮވައިފިއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން އެހީ ދިނުމަށް މިފަހަރު ހޮވިފައިވާ ޕްރޮޖެކްޓްތަކަކީ

  • ހުޅުމާލެ ފިޔަވަތީގައި ކުޑަކުދިންނަށް ލިޔަން ކިޔަން ދަސްކޮށްދޭ ޕްރޮގްރާމް – ދަ ރީޑިން ރޫމް (ކ. ހުޅުމާލެ)
  • ސްމާޓް ސްކޫލް ސިސްޓަމްސް ހަރުކުރުން – މޯލްޑިވްސް ކޮމިއުނިޓީ އެންޕަވާމަންޓް ނެޓްވޯކް (ލ. ގަން)
  • އަންހެނުންނަށް ހާއްސަ ޕްރޮގްރާމް – އެސޯސިއޭޝަން އޮފް ލޭޑީ އެންޓްރަޕްރެނާސް (ހއ.ތަކަންދޫ، އއ. އުކުޅަސް އަދި ވ.ފުލިދޫ)
  • ކޮމިއުނިޓީ ޕްރޮގްރާމްސް – ފީނާ އެކަޑަމ، (ހއ. ދިއްދޫ)
  • ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިން ޕާކް – އިހަވަންދޫ މަސްވެރިންގެ ގުޅުން (ހއ. އިހަވަންދޫ)
  • އައުޓްޑޯ ބީޗް ޝަވާ އޭރިއާ – ނޮޅިވަރަންފަރު ޔޫތް ޑިވެލޮޕްމަންޓް (ހދ. ނޮޅިވަރަންފަރު)
  • ސައުންޑް ސިސްޓަމްއެއް ގާއިމްކުރުން – ތުޅާދޫ ސްޕޯޓްސް ކްލަބް (ބ. ތުޅާދޫ)
  • ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިން ޕާކް – ނާދިލް މުތައްހިދީން (ށ. މަރޮށި)
  • ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިން ޕާކް – ކަޒިންސް ޔުނިޓީ ޓުވާޑްސް އެމްޕަވާމަންޓް (ރ. އަނގޮޅިތީމު)
  • ވިންސިއާ ފުޓްބޯލް ޓްރެއިނިން ޕްރޮގްރާމް – ވިންސިއާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން (ތ. ގުރައިދޫ)

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ތިމާވެށްޓާއި ގުޅުންހުރި ޕްރޮޖެކްޓް ތަކާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމައުގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50،000 ރުފިޔާއާ ހަމަޔަށް އެހީ ލިބިގެން ދާނެއެވެ.