ކުޑަކުދިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ކުޑަކުދިންގެ ލޮލުގެ ސިއްހަތު ދެނެގަތުމަށާއި، ލޮލުގެ މައްސަލަތަކަށް އަވަސް ފަރުވާ ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން އައިކެއަރ ހޮސްޕިޓަލުން ހާއްސަ ޕެކޭޖުތަކެއް ތައާރަފްކޮށްފިއެވެ.
މި ކެމްޕޭނުގެ ދަށުން “ބްރައިޓް އައިސް – ބޭސިކް” އަދި “ބްރައިޓް އައިސް – އެޑްވާންސް” ގެ ނަމުގައި ދެ ޕެކޭޖެއް ވަނީ ތައާރަފްކޮށްފައެވެ. މި ޕެކޭޖުތަކުން އިންޝުއަރެންސް ކެނޑެމަށްފަހު ދައްކަންޖެހޭ ފައިސާއިން %30 ޑިސްކައުންޓް ލިބިގެންދާނެކަމަށް އައިކެއަރ އިން ވަނީ ބުނެފައެވެ.
ތައާރަފްކުރި ޕެކޭޖުތަކުގެ ތަފްސީލް:
ބްރައިޓް އައިސް – ބޭސިކް ޕެކޭޖް:
ބްރައިޓް އައިސް – އެޑްވާންސް ޕެކޭޖް:
މި ކެމްޕޭނާ ގުޅޭގޮތުން އައިކެއަރއިން ބުނީ، މި ފުރުސަތަކީ ކުދިން ބޮޑުވަމުން އަންނަ ދުވަސްވަރު ލޮލުގެ ފެނުން ގަވާއިދުން ޗެކްކުރުމަށް ބާރުއެޅުމުގެ ގޮތުން ހުޅުވާލި ފުރުސަތެއް ކަމަށެވެ. ހާއްސަކޮށް މިހާރަކަށް އައިސް ސްކްރީން ބޭނުންކުރާ މިންވަރު އިތުރުވުމާއި ކިޔެވުމުގެ ކަންކަމުގައި ލޮލަށް ކުރާ ބާރު ބޮޑުވުމުގެ ސަބަބުން ކުދިންގެ ލޮލުގެ ސިއްހަތަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާކަން އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.
ގިނަ ކުދިންނަށް ލޮލުގެ ފެނުމުގެ މައްސަލަތައް ހުރި ނަމަވެސް އެކަން ސާފުކޮށް ބުނެދޭން ނޭނގިދާނެ ކަން ފާހަގަކޮށް އައިކެއަރ އިން ބުނީ މީގެ ސަބަބުން ކުއްޖާގެ އުނގެނުމަށާއި، ކަންކަމަށް ސަމާލުކަން ދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ކަމަށެވެ. އެހެންކަމުން މި ޕެކޭޖުތަކުގެ އެހީގައި ބެލެނިވެރިން ކުދިންގެ ލޮލުގެ ސިއްހަތަށް އިސްކަންދީ، ކުރިއަށް އޮތް ތަނުގައި ދިމާވެދާނެ މައްސަލަތަކުން ސަލާމަތްވުމަށް މަގުފަހިވާނެއެވެ.
މި ޕެކޭޖުތައް ހާއްސަކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުދިންނަށެވެ. އަދި މި ޕެކޭޖުތަކުގެ ދަށުން ދައްކަންޖެހޭނީ ކުޑަކުދިންގެ ލޮލުގެ ހާއްސަ ޑޮކްޓަރުންނަށެވެ. މެއި 10، 2026 އިން ފެށިގެން ވަކި މުއްދަތަކަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ޑޮކްޓަރަށް ދެއްކުމަށްޓަކައި ކުރިން އެޕޮއިންޓްމަންޓް ހެއްދުމަށް އައިކެއަރއިން އިލްތިމާސްކުރެއެވެ.
އެޕޮއިންޓްމަންޓް ހެއްދެވުމަށް: ވައިބަރ/ވޓްސްއެޕް: 7201026 އަދި ވެބްސައިޓް: www.eyecare.mv