ކޯޓު އަމުރާ ހިލާފުވި ކަމަށް ބުނެ ‘އަދަދު’ގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން، ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުން ނެރެފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވަނީ ރައީސް މުއިއްޒާ ސުވާލުކޮށްފައެވެ. ނަމަވެސް، އެ ސުވާލަކީ ކޯޓުން ނެރެފައިވާ ‘ގެގް އޯޑާ’ އަކާ ހިލާފު ސުވާލެއް ކަމަށް ބުނެ، ރައީސްގެ އެންގެވުމަށް ސެކިއުރިޓީން ވަނީ އޭނާ މާލަމުން ނެރެފައެވެ
‘އަދަދު’ ނޫހުން އުފެއްދި ‘އައިޝާ’ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް އަމުރުކޮށްފައެވެ. ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުން ބަލައިނުގަންނާނެ ކަމަށާއި، ރައީސް އޮފީސް ތެރޭގައި ‘ރޫލް އޮފް ލޯ’ (ގާނޫނީ ސިޔާދަތު) ހިފަހައްޓަވާނެ ކަމަށެވެ. ރައީސް އިތުރަށް ވިދާޅުވީ ކޯޓު އަމުރާ ހިލާފު ކަންކަން ރައީސް އޮފީހުގެ ޕްރެސް ރޫމްގައި ކުރަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.
“އަޅުގަނޑު އެދެނީ ޝަހުޒާން މި މާލަން ދޫކުރައްވާ ވަޑައިގަންނަވަން. ކަނޑައެޅިގެން ދޮގު ވާހަކަ، ދޮގު ތުހުމަތު އަޅުގަނޑު ބޮލުގައި ތި އަޅުވަނީ.” ރައީސް ވިދާޅުވިއެވެ.
މި މައްސަލާގައި ‘އަދަދު’ ނޫހުގެ ސީއީއޯ ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ ކުރުމަށް ވަނީ ކޯޓަށް ހުށަހަޅާފައެވެ.