English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ މުހައްމަދު ރާމިޒް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ގައުމަށް ހިދުމަތް ކުރެއްވި، ގ. ލިފަދޫ، މުހައްމަދު ރާމިޒް އަވަހާރަވުމުގެ ހިތާމައިގާ އެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.

“މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމް މުޙައްމަދު ރާމިޒް ލަހައްޓަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން” ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

https://x.com/MMuizzu/status/2052974712100454468

މުޙައްމަދު ރާމިޒް އަވަހާރަވެފައިވަނީ އުމުރުފުޅުން 74 އަހަރުގައެވެ. މައްޔިތާގެ ޖަނާޒާ އޮންނާނީ މިއަދު އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.