English Edition
Dhivehi Edition
ތޮއްޑޫ ފޮޓޯ: ސަން

އއ. ތޮއްޑޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، އއ. ތޮއްޑޫ ބްރައިޓް އަންހެނުން މަގު ބޭރު ހޭޅިފަށުގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައި ވަނީ ރޭ 9:29 ހާއިރު ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން 45 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނައިރު މި ހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެެވ.