English Edition
Dhivehi Edition
ތޮއްޑޫގައި ހިނގި ހަމަނުޖެހުން

އއ. ތޮއްޑޫގައި ހިނގި ހަމަނުޖެހުންތަކުގައި އެ ރަށުގެ ކައުންސިލް އިދާރާއަށް ގެއްލުން ދިން މައްސަލައިގައި މިހާތަނަށް 8 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކައުންސިލް އިދާރާގެ ފުރާޅަށް ގާ އުކައި ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ރަށުގެ ދަނޑުބިން ދޫކުރާ އުސޫލަށް ގެނައި ބަދަލާ ގުޅިގެން ބައެއް ދަނޑުވެރިން ހިތްހަމަނުޖެހުން ފާޅުކޮށް މި މަހުގެ 5 ވަނަ ދުވަހު ވަނީ އެރަށު ކައުންސިލް ކައިރިއަށް އެއްވެ މުޒާހަރާކޮށްފައެވެ. އަދި އެދުވަހު ފުލުހުންނާއި އާންމުންނާ ހިނގި ކުރިމަތިލުމެއްގައި ފުލުހަކަށް އަނިޔާވެފައިވާއިރު ދަނޑުވެރިން ވަނީ ކައުންސިލަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އެގޮތުން ތޮއްޑޫ ދަނޑުވެރިންވަނީ ރަށުގެ ދަނޑުބިންތައް ދަނޑުވެރިން އަތުން ކައުންސިލުން އަތުލަން ނިންމާފައިވާކަމަށް ތުހުމަތުކޮށްފައެވެ.

ޓެގު