ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ އިދާރާގެ ދެ ޑިރެކްޓަރ ޖެނެރަލުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފިއެވެ.
ސަސްޕެންޑްކުރި ދެ ބޭފުޅުންނަކީ
މި ދެ ބޭފުޅުން ސަސްޕެންޑް ކުރިކަން އަންގާފައިވީ ނަމަވެސް، އެއީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ޑީޖޭއޭއިން ހާމަކޮށްފައެއް ނުވެއެވެ. މި ފިޔަވަޅު އަޅާފައި މިވަނީ ޑީޖޭއޭގެ އެންމެ އިސްވެރިޔާ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުސްތަފާ މަގާމުން އިސްތިއުފާ ދެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އަމްޖަދު އިސްތިއުފާ ދެއްވި ސަބަބެއް ސިޓީގައި ބަޔާންކުރައްވާފައި ނުވާއިރު، އޭނާ އެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.
މީގެ އިތުރުން، ޖޭއެސްސީގެ ދަށުގައި މިހާރު ޑީޖޭއޭ އޮތް އޮތުން ބަދަލުކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ.