English Edition
Dhivehi Edition

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ޗިޓް ފޮނުވައިފި އެވެ. ރައީސް މައުމޫނަށް ޗިޓް ފޮނުވާފައިވަނީ ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގެ މައްސަލާގައި ބަޔާނެއް ނެގުމަށެވެ. 2008 ވަނަ އަހަރު ނެރުނު ތީމުގޭގެ އޮޑިޓް ރިޕޯޓްގައި މައުމޫނުގެ ވެރިކަމުގައި، ގާނޫނާ ހިލާފަށް ހަރަދުތަކެއް ކޮށްފައިވާ ކަމަށް އޭރުގެ އޮޑިޓާ ޖެނަރަލް އިބްރާހީމް ނައީމް ވަނީ ވިދާޅުވެފައިވެ އެވެ. މީގެ ކުރިން މި މައްސަލާގައި، ކުރީގެ ރައީސް މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުން އަހްމަދު ފާރިސް މައުމޫން ވަނީ އޭސީސީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. ފާރިސްއާއި ސުވާލުކުރީ ދައުލަތުން ކޮށްފައިވާ ހަރަދެއް އަނބުރާ ނުދައްކާ ކަމަށް ތުހުމަތުކުރެވިގެންނެވެ. ނަމަވެސް ދައުވާ ކުރެވޭ ވަރަށް ހެކި ނެތުމުން ޕީޖީ އޮފީހުން ވަނީ އެމައްސަލަ އަނބުރާ ފުލުހުންގެ އިދާރާއަށް ފޮނުވާލާފަ އެވެ.