ގައުމީ މަސްލަހަތު ނަގާލާ ގޮތަށް ބްރޮޑްކާސްޓް ކުރާ ހުރިހާ މީޑިއާ ތަކެއް އެންގުމަކާ ނުލާ ބަންދުކުރާނެ ކަމަށް ބްރޮޑްކާސްޓިންގ ކޮމިޝަނުން ބުނެފި އެވެ.
އެގޮތުން ދޮގު މައުލޫމާތު ފަތުރާ ޓީވީ ޗެނަލްތަކާއި ގައުމުގެ މަސްލަހަތު ގެއްލޭ ގޮތަށް މައުލޫމާތު ފަތުރާ ހުރިހާ ތަނެއް ބެލޭނެ އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ބްރޮޑްކާސްޓް ކޮމިޝަނުން ބުނީ މިހާރުގެ ހާލަތަށް ބަލާނަމަ ގައުމުގެ މަސްލަހަތު ގެއްލޭ ގޮތަށް ބްރޯޑްކާސްޓް ކުރާ ޓީވީ ޗެނަލްތަކާއި ދޮގު މައުލޫމާތު ފަތުރާ ޓީވީ ޗެނަލްތަކަކީ އެފަދަ ތަންތަން ކަމަށް ބެލެވޭނެ ކަމަށެވެ.
އެ ކޮމިޝަނުން މިގޮތަށް ބުނެފައިވާއިރު ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރާ ގުޅިގެން ބައެއް މީޑިއާ ތަކުން ވަނީ އެ އަމުރަކީ އެ ކޯޓުގެ ވެބްސައިޓް ހެކް ކޮށްގެން ނެރުނު ބަޔާނެއް ކަމަށް ވިދާޅުވެ ރައްޔިތުންނަށް އޮޅޭ ގޮތަށް ބްރޯޑްކާސްޓް ކޮށްފައެވެ.
ނަމަވެސް ސްޕްރީމް ކޯޓުން އެކަން ވަނީ ދޮގުކޮށްފައެވެ.
.