އެއް މަސްދުވަހުގެ މެދުކެނޑުމަކަށްފަހު އަންނަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން މި ދައުރުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ މާޗު މަހުގެ 8 ވަނަ ދުވަހުއެވެ. އެއަށްފަހު ރަމަޟާން މަހުގެ ފަހު 10 އަކަށް ސަރުކާރު ބަންދުކުރުމާ ގުޅިގެން މަޖިލީހުގެ ޖަލްސާތައްވެސް މެދުކަނޑާލާފައިވާއިރު މަޖިލިސް އިދާރާއިން ވަނީ އަންނަ ހަފުތާގައި ޖަލްސާތައް ފަށާނެ ކަމަށް ބުނެފައެވެ.
އެގޮތުން، މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާ އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު މި ޖަލްސާއަށް ތާވަލުކޮށްފައިވާ މަސައްކަތްތަކެއް މިހާތަނަށް އިއުލާންކޮށްފައި ނުވެއެވެ.