English Edition
Dhivehi Edition

އަންނަ ފިތުރު ޢީދާއި ދިމާކޮށް އައްޑޫ ސިޓީ އިން ސްރީލަންކާގެ ކޮލަމްބޯ އަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މިޕްރޮމޯޝަންގެ ދަށުން ސްރީލަންކަން ގައި މިމަހުގެ 24 ވަނަ ދުވަހު އައްޑޫ އިން ލަންކާ އަށް ދަތުރުކުރައްވާ ފަރާތްތަކަށް އެއްކޮޅު ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ 150 ޑޮލަރަށެވެ.އަދި ދެކޮޅު ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ 262 ޑޮލަރަށެވެ.. ސްރީލަންކަން އެއާލައިން އިން ލަންކާ އަށް ދަތުރުކުރާ ފަރާތްތަކަށް އިތުރު އެހެން ޕްރޮމޯޝަނެއް ފެށުމަށް މިހާރު އެ އެއާލައިން އިން ދަނީ ތައްޔާރުވަމުންނެވެ. މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން އަންނަ އޮކްޓޯބަރ މަހުގެ ނިޔަލަށް މި ޕްރޮމޯޝަންކުރިއަށް ދާއިރު، އާންމުކޮށް ޓިކެޓް ވިއްކާ އަގަށްވުރެ 25 އިންސައްތަ އަގުހެޔޮކޮށް ޓިކެޓް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.