English Edition
Dhivehi Edition
ލޯކަލް ކައުންސިލް އިންތިހާބު 2026 : ފޮޓޯ އޭއޯ ނިއުސް

ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ވޯޓުލުން އައްޑޫ ސިޓީގައި ނިމި، ވޯޓު ފޮށިތައް ގުނަން ފަށައިފިއެވެ. މިއަދު ހަވީރު 5:00 އާ ހަމައަށް ވޯޓުލާ ވަގުތު އިތުރުކުރުމަށްފަހު، ކިއުތައް ހުސްވި މަރުކަޒުތަކުގައި މިހާރު ދަނީ ވޯޓު ގުނުމުގެ މަސައްކަތް ފޯރިއާއެކު ކުރިއަށްގެންދަމުންނެވެ.

އައްޑޫ ސިޓީގެ އެކި ދާއިރާތަކުގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ތެރެއިން ގިނަ ފޮށިތައް މިހާރު ވަނީ ބަންދުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުގެ އޮފީހުން ބުނީ، ވޯޓުލާން ކަނޑައެޅި ވަގުތު ހަމަވުމުން، ބަންދުކުރި ފޮށިތައް ގުނުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށެވެ. މި އިންތިހާބަކީ އެއްފަހަރާ ތިން ވޯޓެއް ނަގާ އިންތިހާބަކަށް ވުމުން، ވޯޓު ގުނުމުގެ މަސައްކަތަށް އެހެން ފަހަރުތަކަށް ވުރެ ގިނަ ވަގުތު ހޭދަވާނެއެވެ.

އައްޑޫ ސިޓީގައި ވޯޓުލުން އަމާންކަމާއެކު ކުރިއަށްދިޔައިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ ވޯޓުލާން ނުކުމެފައެވެ. މިހާރު ކުރިއަށްދާ ވޯޓު ގުނުމުގެ މަރުހަލާއަށްފަހު، ވަގުތީ ނަތީޖާތައް އިއުލާންކުރަން ފަށާނެއެވެ. އިންތިހާބުގެ މަސައްކަތްތައް ކުރިއަށްދާތީ، މާދަމާއާއި ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިން ނިންމަވާފައެވެ.