ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނަގަމުން އަންނަ ވޯޓުގައި ވޯޓުލީ މީހުންގެ އަދަދު 41،000 އަށް އަރައިފިއެވެ.
މި އިންތިޚާބުގައި ވޯޓުލާން ފެށީ މިއަދުގެ ހެނދުނު 8 ޖެހިއިރެވެ. މަދު މަރުކަޒުތަކެއްގައި ހުރި ވޯޓު ފޮށިތައް ފިޔަވާ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބެހެއްޓިފައިވާ ގިނަ ވޯޓު ފޮށިތަކުގައި ހެނދުނު 8 ޖެހިއިރުވަނީ ވޯޓުލުން ފެށިފައެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ހެނދުނު 10 ޖެހުމާއި ހަމައަށް 41162 މީހުން ވަނީ ވޯޓު ލާފައެވެ. މީގެ ތެރޭގައި 16166 އަންހެނުން އަދި 24996 ފިރިހެނުން ހިމެނެއެވެ. އެއީ ވޯޓުލީ މީހުންގެ %13.96 މީހުންނެވެ. ވޯޓު ނުލާ ތިބީ 253،714 މީހުންނެވެ. އެއީ %86.04 މީހުންނެވެ.
ކައުންސިލްގައި 225 ދާއިރާއެއްގެ 678 މަގާމަކަށް 1،368 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ 225 ދާއިރާއެއްގެ 678 މަގާމަކަށް 1،597 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ