English Edition
Dhivehi Edition

ގދ. ފިޔޯރީގައި ދާޖަހަން ގޮސް އުޅުނު އުމުރުން ދުވަސްވީ މީހަކު ގެނބިގެން ނިޔާވި ހާދިސާ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ އެ ރަށު ގަހާކޯޅި، މުހައްމަދު ހުސައިން (79 އަހަރު) އެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދިން ގޮތުގައި، ފިޔޯރީގައި ދާޖަހަން ގޮސް އުޅުނު މީހަކު ގެނބިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވަނީ އިއްޔެ މެންދުރުފަހު 1:42 އެހައިކަންހާއިރުއެވެ. އެ ރަށު ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ، މުހައްމަދު ހުސައިން ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށެވެ.

މުހައްމަދު ހުސައިންއަކީ އެ ރަށުގައި އާންމުކޮށް މަސް ހިފުމަށް ގޮސް އުޅޭ މީހެއްކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށެވެ..