English Edition
Dhivehi Edition

ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައިގައި 5 ބިދޭސީން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް ރަހީނުކޮށްފައިވާ މައްސަލަ މިމަހުގެ 25 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ރަހީނުކުރި މީހާ ސަލާމަތްކުރުމަށް ފުލުހުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް މީހާ ލޮކޭޓްކުރެވިފައި ވަނީ ވިލިމާލެއިން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އެ މީހާ ސަލާމަތްކުރުމަށްފަހު، ހޮސްޕިޓަލަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. ފުލުހުން ވިދާޅުވީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 5 މީހުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން، ބަންގްލަދޭޝްއަށް ނިސްބަތްވާ ފަސް މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ:

  • އެމްޑީ ހޮސައިން (30އ)
  • އެމްޑީ މެހެދި ހަސަން (34އ)
  • އެމްޑީ ޝާ އަލަމް (39އ)
  • ސާފިފް ހަސަން (38އ)
  • ރަސަލް (20އ)

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް މީހުންވެސް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.