English Edition
Dhivehi Edition
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ކުރިން ތާވަލު ކޮށްފައިވާ ގޮތަށް މިދިޔަ ހަފުތާގައި ވެސް ތެލުގެ ދެ ޝިޕްމަންޓު އެސްޓީއޯ އިން ރާއްޖެ ގެނައި ކަަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެ އަށް އެސްޓީއޯ އިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި އަދި ދުރާލާ ސަޕްލަޔަރުންނާ އެކު އެ ކުންފުނިން އެއްބަސްވެފައިވާ “ނޮމިނޭޝަން” އެރޭންޖްމެންޓުގެ ދަށުން ކަމަށެވެ. އަދި އެ ތާވަލާ އެއްގޮތަށް މިދިޔަ ހަފުތާގައި ވެސް ތެލުގެ އައު ދެ ޝިޕްމެންޓެއް ރާއްޖެ ގެނެސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެސްޓީއޯ އިން ސަޕްލަޔަރުންނާ އެކު އެއްބަސްވެފައިވާ ނޮމިނޭޝަނާއި ތާރީހުތަކާ އެއްގޮތަށް، ތެލުގެ އިތުރު ޝިޕްމެންޓްތައް ވެސް ރާއްޖެ އަށް ގެނައުމަށް ޝެޑިއުލް ކުރެވިފައިވާ ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ދިން ވަރުގަދަ ހަމަލަތަކާ އެކު، މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާއިރު އެސްޓިއޯ އިން ބުނީ ރާއްޖެ އަށް ބޭނުންވާ ތެޔޮ ގެނައުމުގައި، ތެޔޮ އެތެރެ ކުރާ އެހެން ފަރާތްތަކާ އެކު، ތެލުގެ ސަޕްލައި މެނޭޖު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ވަގުތަށް އެކަމުގައި އުނދަގުލެއް ނެތް ކަމަށެވެ.