ހައްދުފަހަނަޅާފައިވާ އިޒްރޭލުން، އިރާނަށް ހަމަލާދީފިއެވެ.
އިރާންގެ މީޑީއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މިއަދު ހެނދުނު ތެހެރާންއިން ބާރު ގޮވުންތަކުގެ އަޑުވަނީ އިވިގެން ގޮސްފައެވެ. ތެހްރާންގެ ޔުނިވަސިޓީއަށް ގިނަ އަދަދެއްގެ މިސައިލް ވެއްޓިފައިވާއިރު ތެހްރާންގެ ޖުމްހޫރީ ސަރަހައްދަށް ވެސް ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.
އިޒްރޭލުން، އިރާނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވާއިރު އިޒްރޭލުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. ހަމަލާ އަންނަ ކަމުގެ ސައިރަން މުޅި އިޒްރޭލުގައި އަޅާފައިވާއިރު އިޒްރާލުން މިހާރު ވަނީ ފަލަސްތީނުގެ ވައިގެ ސަރަހައްދުވެސް ބަންދުކޮށްފައެވެ.