އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން ރޯދަ މަހުގެ7 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން މިގެނެސްދެނީ ވަރަށް ތަފާތު އަދި މީރު ފޮނިއެއްޗެއް ކަމަށްވާ “ ރައިސް ޕުޑިން” ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާތަކެތި:
1 ޖޯޑު ހަނޑޫ ދޮވެފައި
2 ޖޯޑު ފެން
1/2 ޖޯޑު ހަކުރު
1 ފޮނިތޮށި ގަނޑު
1 ޓީސްޕޫން ވެނީލާ އެސެންސް
ސިނަމަން ޕައުޑަރ (ގާނިޝްކުރުމަށް)
ތައްޔާރުކުރާނެގޮތް:
ތެއްޔަށް ހަނޑޫ އަދި ފެން އަޅާފައި ކައްކަން އުދާލާށެވެ. 90% އަަށް ބަތް ކޮޅު ކެކުމުން އުނދުންމަތިން ތެލި ބާލާށެވެ. ދެން އެހެން ތެއްޔަކަށް ކިރު، ހަކުރު އަދި ފޮނިތޮށި ކޮޅު އަޅާފައި ހަކުރު ވިރެންދެން މަޑު ގިނީގައި ކައްކާލާށެވެ. ދެން ކައްކާފައި ހުރި ހަނޑޫ ތެއްޔަށް ކިރު އޮއްސާލާފައި އެއްކުރުމަށްފަހު މަޑުގިނީގައި 10 ވަރަކަށް މިނެޓަށް ކައްކާލާށެވެ.
ރަނގަޅަށް ކެއްކުނީމަ ތަށިތައްޓަށް ތައްޔާރު ކުރި ރައިސް ޕުޑިން އަޅާފައި ގާނިޝް ކުރަން މައްޗަށް ސިނަމަން ޕައުޑަރ ކޮޅެއް އަޅާފައި ސާރވް ކުރާށެވެ.