English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން ރޯދަ މަހުގެ 3 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން މިގެނެސްދެނީ ވަރަށް ތަފާތު އަދި މީރު “ ޗައިނީޒް ޗިކެން” ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާތަކެތި:
1/4 ސޯޔާ ސޯސް
1/4 ޖޯޑު ފެން
1 1/2 ބޯންލެސް ކުކުޅު ކިއުބް ގޮތައް ކޮށާފައި
1 ޖޯޑު ފުށް / ކޯން ފްލާ
4 ޓޭބަލް ސްޕޫން ކޮކޮނަޓް އޮއިލް

ސޯސް އަށް ބޭނުންވާ ތަކެތި:

2 ލޮނުމެދު ހިމުންކޮށް ކޮށާފައި
1 މޭޒުމަތީ ސަމްސާ އިނގުރު ގާނާފައި
1 މޭޒުމަތީ ސަމްސާ ޗިލީ ފްލޭކްސް
2 މޭޒުމަތީ ސަމުސާ ރައިސް ވިނެގާ
2 މޭޒުމަތީ ސަމުސާ މާމުއި
1/4 ޖޯޑު ސޯޔާސޯސް
1/2 ޖޯޑު ފެން

ތައްޔާރު ކުރާނެގޮތް:
ސޯޔާސޯސް އަދި ފެން ބޯތަށްޓަކަށް އެޅުމަށްފަހު މީގެ ތެރެއަށް ކުކުޅު އެޅުމަށްފަހު މެރިނޭޓް ކުރުމަށް 15 މިނެޓަށް ފްރިޖުގައި ބަހައްޓާށެވެ.
ފަނަރަ މިނެޓް ހަމަ ވުމުން ތަށްޓަކަށް ފުށް އަޅާފައި މީގެ ތެރެއަށް މެރިނޭޓް ކުރި ކުކުޅު ތައް އަޅާފައި ރަނގަޅަށް ފުށް ހާކާލާށެވެ. ތެއްޔެއް އުނދުން މައްޗަށް އުދާފައި ކާށި ތެޔޮ އަޅާފައި ކެކިގަތީމަ ކުކުޅު އަޅާފައި ގޯލްޑެން ބްރައުން ކުލަ އެރުމުން ނަގާފައި ބަހައްޓާށެވެ. ހަމަ އެތެއްޔަށް ލޮނުމެދު،އިނގުރު،ޕެޕާ ފްލޭކްސް އަޅާފައި 30 ވަރަކަށް ސިކުންތު ވަންދެން ހަލުވަމުން ގެންދާށެވެ. ދެން ވިނެގާ، މާމުއި، ސޯޔާ ސޯސް އަދި ފެން އަޅާފައި މަޑުގިނީގައި އޮލަވަންދެން ކެއްކުމަށްފަހު ކުކުޅު ކޮޅު އެއްކޮށް ލުމަށްފަހު ރަނގަޅަށް ސޯސް އެއްކުރެވުމުން ތަވާ އުނދުން މަތިން ބާލާފައި ސާރވް ކުރާށެވެ.