English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން ރޯދަ މަހުގެ 2 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން މިގެނެސްދެނީ މީރު “ ޗިޗަންޑާ މަސްހުނި” ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާތަކެތި:
1 ޗިޗަންޑާ ކޮށާފައި ފެނުކައްކާފައި
1/2 ޖޯޑު ފިޔާ ކޮށާފައި
1 ޓީސްޕޫން ލުނބޯ ހުތް
1 ހިމުންކޮށް ކޮށާފައި ހުރި ގިތެޔޮމިރުސް
1/2 ޓީސްޕޫން ލޮނު
1/4 ޓީސްޕޫން އަސޭމިރުސް
1 މަސްދަޅު ތެޔޮނަގާފައި
1 ޖޯޑު ކާށި ހުނި

ތައްޔާރު ކުރާނެގޮތް:
ފިޔާ، މިރުސް، ލޮނު އަސޭމިރުސް އަދި ލުނބޯ ހުތް ތައްޓަކަށް އެޅުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. ދެން މީގެ ތެރެއަށް ހުނި އަޅާފައި އެކުރުމަށްފަހު މަސްވެސް އަޅާފައި އެއްކޮށްލާށެވެ. ދެން ޗިޗަންޑާ ކޮޅު އެއްކޮށަލާށެވެ. މިހާރު އެހެރީ ޗިޗަންޑާ މަސްހުނި ތައްޔާރުވެފައެވެ.