އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން ރޯދަ މަހުގެ 1 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން މިގެނެސްދެނީ ވަރަށް ތަފާތު އަދި އަނގަޔަށް މީރު އީޒީ “ޓޫނާ ސެލަޑް ސޭންޑްވިޗް” ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި
ބޭނުންވާތަކެތި:
12 އައުންސް މަސްދަޅު މަސް ނުވަތަ ވަޅޯ މަސް ކޮށާފައި
4 މޭޒުމަތީ ސަމުސާ މެޔޮނައިޒް
1 މޭޒުމަތީ ސަމުސާ މަސްޓާރޑް ކްރީމް
1/3 ޖޯޑު ފިޔާ ހިމުންކޮށް ކޮށާފައި
ކުޑަ ސެލެރީ ކޮޅެއް ކޮށާފައި
2 މޭޒުމަތީ ސަމުސާ ފްރެޝް ޕާސްލީ ކޮށާފައި
2 މޭޒުމަތީ ސަމުސާ ޕިކްލް ކޮށާފައި
ރަހަލާވަރަށް ލޮނު ކޮޅަކާއި އަސޭމިރުސް ކޮޅެއް
12 ޕާންފޮތި
ތައްޔާރު ކުރާނެގޮތް:
މަތީގައި ވާ ހުރިހާ ތަކެތި ބޯތަށްޓަކަށް އަޅާފައި ރަނގަޅަށް އެކޮށްލާށެވެ.ދެން ޕާންފޮތި ނަގާފައި ޕާންފޮތީ ގެ މައްޗަށް ތައްޔާރު ކުރި ސަލަޑް އަޅާފައި ޕާންފޮއްޗެއް މަތީގަ ބޭއްވާލާށެވެ. ޕާން ހުސްވަންދެން މިގޮތަށް ސޭންޑްވިޗް ހަދަމުންގެންދާށެވެ. ނިމުނީމަ ޓޯސްޓަރ ނަގާފައި ކުޑަކޮށް ޓޯސްޓް ކުރުމަށްފަހު ސާރވް ކުރާށެވެ.