ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، އެ ހިދުމަތުން ތަހުގީގު ކުރަމުންދާ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހާފައި ކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް މި މީހާގެ ވަނަވަރު އަދި ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.