English Edition
Dhivehi Edition
ވޯޓުލާ މަރުކަޒުތަކަށް ތަކެތި ފޮނުވުން /ފޮޓޯ: އީސީ

އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި އަތޮޅުތަކުގައި ގާއިމުކުރާ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

މިއަދުން ފެށިގެން ކަނޑުމަގުންނާ ވައިގެމަގުން ވޯޓުލާ 347 މަރުކަޒަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް ކުރިއަށް ދާއިރު އަދު ވައިގެމަގުން ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ ހއ، ރ، ތ، ލ، ގއ، ގދ، ސ.އަތޮޅު، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށެވެ. އަދި ކަނޑުމަގުން ތަކެތި ފޮނުވާނީ ހދ، ށ، ނ، ބ، ޅ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅަށެވެ.

އީސީން ބުނީ ކ.އަތޮޅުގެ ރަށްތަކަށް ތަކެތި ފޮނުވުމަށް ހަމަޖެހިފައިވަނީ މާޗް 30 އަދި 31ގައި ކަމަށެވެ.

އީސީން ބުނީ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދަނީ އެ ކޮމިޝަނުގެ މުވައްޒަފުންނާއި ދިވެހި ފުލުހުންގެ އެހީތެރިކަމާއެކުގައި ކަމަށެވެ.