ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ދަންމާލުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޖަލްސާ މެދުކަނޑާލުމަށްފަހު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މަޖިލީހުގެ ބޭރުގައި ބޭއްވި މި ބައްދަލުވުމުގައި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރް މޫސާ ވިދާޅުވީ، ސަރުކާރުން ގާނޫނު އަސާސީއާ ކުޅެން މަސައްކަތް ކުރަނީ ދައުރު ދަންމާލުމަކީ މައްސަލައެއް ނޫން ކަމަށް ރައްޔިތުންނަށް ދެއްކުމަށް ކަމަށެވެ. ޣަފޫރު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ ދިމިކުރާތީ ނިޒާމު ގެއްލުވާލައި، ޚުދުމުޚުތާރު ވެރިކަމަކާ ދިމާއަށް ގައުމު ގެންދިޔުމަށް ކުރާ މަސައްކަތެކެވެ.
“އޭރުންދެން މާދަން ހުށަހަޅާނެ ރިޔާސީ އިންތިހާބު ދެން ބާއްވާނީ، 2030 ގައޭ، ނޫނީ 2028 ގައޭ. އެކަންކަން ކުރުމަށްޓަކައި މިކަން ކުރަނީމި. މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. އެންމެ ފަހުން އޮތް ރިޔާސީ ބަޔާނުގައި 2030 ކޮށްދެން ހުރި ކަންލަމުގެ ވާހަކަ ކިޔައިދެމުން ގެންދިޔައީ. އެއީ ދައުރުން ބޭރުވީ. އެހެން ވީމާ މިކަން ރާވާ ހިންގާ ގޮތް، ވަރަށް ސާފުކޮށް ފެންނަން މިއޮތީ.” މެމްބަރު އަބްދުލްޣަފޫރް ވިދާޅުވި އެވެ.
ޣަފޫރު އިތުރަށް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމަށް ނަގާ ވޯޓުގައި އެމްޑީޕީން ބައިވެރި ނުވާނެ ކަމަށެވެ.
ޣަފޫރުގެ އިތުރުން މިއަދުގެ ބައްދަކުވުމުގައި ވާހަކަދައްކަވަމުން ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވެސް ވަނީއެ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ، ސަރުކާރުތަކުން ރަށްރަށަށް ކަންކަން ކޮށްދެނީ އިންތިޚާބު ތަކާ ދިމާކޮށް ކަމަށެވެ. އެގޮތުން ރަށްރަށުގައި މަޑު ޖެހުފައި ހުރި ކަންކަންވެސް މަޖިލިސް އިންތިޚާބާއި ކައުންސިލް އިންތިޚާބާ ދިމާކޮށް ކުރިއަށްދާ ކަމަށާ، ދެ އިންތިޚާބް އެއްކޮށްލުމުން އެގޮތަށްވެސް މަޝްރޫއުތައް ކުރިއަށް ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން، ތަރައްގީގެ މަޝްރޫއުތައް މަޑުޖެހި ރައްޔިތުން ބޭނުންވާ ކަންކަން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޣަފޫރު އިތުރަށް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމަށް ނަގާ ވޯޓުގައި އެމްޑީޕީން ބައިވެރި ނުވާނެ ކަމަށެވެ.
ޣަފޫރުގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވެސް ވަނީއެ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައި އެވެ. އޭނާ ވިދާޅުވީ، ސަރުކާރުތަކުން ރަށްރަށަށް ކަންކަން ކޮށްދެނީ އިންތިޚާބު ތަކާ ދިމާކޮށް ކަމަށެވެ.
ޒިޔާދު ވިދާޅުވީ ރަށްރަށުގައި މަޑު ޖެހުފައި ހުރި ކަންކަންވެސް މަޖިލިސް އިންތިޚާބާއި ކައުންސިލް އިންތިޚާބާ ދިމާކޮށް ކުރިއަށްދާ ކަމަށާ، ދެ އިންތިޚާބް އެއްކޮށްލުމުން އެގޮތަށްވެސް މަޝްރޫއުތައް ކުރިއަށް ނުދާނެ ކަމަށެވެ. އެހެންކަމުން، ތަރައްގީގެ މަޝްރޫއުތައް މަޑުޖެހި ރައްޔިތުން ބޭނުންވާ ކަންކަން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.