English Edition
Dhivehi Edition
ކަނޑުވި މީހުން ސަލާމަތްކުރަނީ

ކ. ގުޅީފަޅު ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައި، އޭގެން ދަތުރުކުރި 12 މީހަކު ކަނޑުވެއްޖެއެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ “ބުލެޓް ސްޕީޑް” ނަމަކަށް ކިޔާ ލޯންޗަކަށެވެ.

ހާދިސާ ހިނގިއިރު ލޯންޗުގައި ތިބީ:

  • 9 ފަތުރުވެރިން

  • 2 ފަޅުވެރިން

  • 1 ކެޕްޓަން

މީހުން ސަލާމަތްކުރުން: މި ހާދިސާގައި ލޯންޗު ބަންޑުން ޖަހާލުމުން ކަނޑުވި މީހުން ފުރަތަމަ ނަގާފައިވަނީ އެވަގުތު އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ “ބީޗް ސްޓޯން” ނަމަކަށް ކިޔާ ލޯންޗަކަށެވެ. އެއަށްފަހު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓަށް އެ މީހުން ބަދަލުކޮށް، މިއަދު ހެނދުނު 09:40 ހާއިރު ވަނީ މާލެ ގެނެސްދީފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.