English Edition
Dhivehi Edition

މަރަދޫ ޑީސީ ސްޕޯޓްސްއިން އިންތިޒާންމް ކޮށްގެން މި ރޯދަ މަހު ކުރިއަށްގެންދާ “ޑީސީ ސްޕޯޓްސް ޕީއެސް4 ފީފާ ޗެލެންޖް”ގެ މިއަދު ކުޅެވުނު ސެމީފައިނަލް މެޗުތައް ކާމިޔާބުކޮށް ހަސަން މުފީދު(އިންޑާ) އާއި އަފްސަޙް ޝަފިއު ޕީއެސް4 ޗެލެންޖްގެ ފައިނަލަށް ދަތުރު ކޮށްފިއެވެ. އިއްޔެ ހަވީރު ވަނީ ޑީސީ ސްޕޯޓްސް އެރީނާގައި ސެމީފައިނަލްގެ ދެ މެޗު ކުޅެފައެވެ. އިއްޔެ މެންދުރު 14:00ގައި ކުޅުނު ފުރަތަމަ ސެމީ މެޗުގައި ބައްދަލުކޮށްފައި ވަނީ އަލީ އަބާން އާއި އަފްސަޙް ޝަފީއުއެވެ.މި މެޗު 5-0 ލަނޑުން މޮޅުވެ ސެމީގެ ފުރަތަމަ ޖާގަ ހޯދާފައި ވަނީ އަފްސަޙް ޝަފީއުއެވެ. ދެވަނަ ސެމީފައިނަލްގައި ހަސަން މުސްލިޙް އާއި ހަސަން މުފީދު ބައްދަލު ކުރި މެޗު އިންޑާ ކާމިޔާބު ކޮށްފައިވަނީ މުސްލިހް މެޗުގެ އިތުރު ވަގުތުގައި ލީޑު ނަގާފައި ވަނިކޮށް މެޗުގެ އެންމެ ފަހު ސިކުންތު ކޮޅުގައި މެޗު އެއްވަރު ކޮށް ޕެނަލްޓީގައި 4-2 ލަނޑުން މުސްލިޙްގެ މައްޗަށް ކާމިޔާބު ހޯދާއިގެންނެވެ. ޑީސީ ސްޕޯޓްސް ޕީއެސް4 ޗެލެންޖްގެ ފައިނަލް ޖޫން 23 ވާ ހުކުރު ދުވަހު ކުޅުމަށް ހަމެޖެހިފައިވާއިރު ހަމަ މިދުވަހު މިމުބާރާތުގެ ތިންވަނަ ހޮވާމެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. ތިންވަނަ ހޮވާ މެޗުގައި ބައްދަލު ކުރާނީ އަބާން(ކުމާއު)އާއި މުސްލިޙްއެވެ. ޑީސީ ސްޕޯޓް ޕީއެސް4 ޗެލެންޖްގެ 2017 ގެ މެއިން ސްޕޮންސްރަކީ އައިޓީ ކެއާއެވެ.އަދި މީޑިޔާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ.