English Edition
Dhivehi Edition
ގެއްލިގެން ހޯދަމުންދާ ސ. ހުޅުދޫ / ސަނީލޮޖް، ޢަލީ އާރިފް (46އ) - ފޮޓޯ: ޕޮލިސް

އައްޑޫ ސިޓީ ހުޅުދޫއަށް ނިސްބަތްވާ މީހަކު ގެއްލިގެން ހޯދާތާ ތިން މަސް ފަހުން ފެނިއްޖެއެވެ.

ފުލުހުން ބުނީ، އައްޑޫސިޓީ ހުޅުދޫ ސަނީލޮޖް، އުމުރުން 46 އަހަރުގެ ޢަލީ އާރިފް ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި ޢަލީ އާރިފް އާއި އޭނާގެ އާއިލާއަށް ވަނީ ގުޅިފައި ކަމަށާއި އިއްޔެގެ ހަވީރުގެ ވަގުތެއްގައި އޭނާ ވަނީ މާލެ އައިސްފައި ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ވިދާޅުވުން ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އޭނާ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ފެބުރުވަރީ 16 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ. އަދި ގެއްލުނުއިރު އޭނާ ދިރިއުޅެނީ މާލޭގައި ކަމާއި އެންމެ ފަހުން އާއިލާއަށް ހަބަރުވެފައިވަނީ 2022 ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށާއި، އޭނާއަކީ ކަންނެލި މަސްވެރިކަމަށް ގޮސްއުޅޭ މީހެއް ކަމަށް އޭނާގެ އާއިލާއިން މަޢުލޫމާތު ދީފައިވާ ކަމަށެވެ.

ނަމަވެސް ޑިސެމްބަރ މަހުން ފެށިގެން މިއަދާއި ހަމައަށް އޭނާ އުޅުނީ ކޮންތަނެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.