English Edition
Dhivehi Edition
ފޮޓޯ: އުރީދޫ

އުރީދޫ އިން “ޓެކްސްޓް އަ ކޮފީ” ގެ ނަމުގައި ހާއްސަ ހިދުމަތެއް ފަށައިފިއެވެ.

އުރީދޫ އިން ބުނީ ޓެކްސްޓް އަ ކޮފީ ހިދުމަތަކީ ރައްޓެހިންނާ, އާއިލާ އާ ގުޅުން ބަދަހި ކުރުމަށްޓަކައި ހަދިޔާއެއް ފޮނުވާލުމަށް ވަރަށް ފަސޭހަ ހިދުމަތެއް ކަމަށާއި، މި ހިދުމަތް މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުންނަށް އާއިލާ އަދި ރަހުމަތްތެރިންނަށް ވަގުތުން ޓްރީޓެއް ފޮނުވޭނެ ކަމަށެވެ. އެގޮތުން ދާން ބުނެވުނު ކޮފީއަށް ނުދެވި ނުވަތަ ރައްޓެއްސަކަށް ސަޕްރައިޒެއް ދިނުމަށް ވެސް މި ހިދުމަތަކީ އެހީތެރިއަކަށް ވާނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫ އިން ބުނީ ހަދިޔާއެއް ފޮނުވުމަށް ފަހު، އެ ހަދިޔާ ލިބޭ ފަރާތަށް އެ ޓްރީޓްގެ ތަފްސީލް ހިމެނޭ ކޮންފަމޭޝަން އެސްއެމްއެސް އާއި ޔުނިކް ޓްރާންސެކްޝަން ކޯޑެއް ލިބޭނެ ކަމަށާއި، ކެފޭ ނުވަތަ ރެސްޓޯރެންޓަށް ގޮސް އެ ކޯޑު ހިއްސާކުރުމުން ފަސޭހަކަމާ އެކު ހަދިޔާގެ ރަހަ ބަލާލެވޭނެކަމަށެވެ.

އުރީދޫ އިން ބުނީ މިއީ ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ފަރާތަކަށްވެސް ޓްރީޓެއް ފޮނުވޭ ގޮތަށް ތައްޔާރުކޮށްފައިވާ ހިދުމަތެއް ކަމަށެވެ. މީގެ އިތުރުން އުރީދޫ އިން ބުނީ މި ހިދުމަތުގައި މިހާރު 13 ޕާޓްނަރު އައުޓްލެޓެއް ހިމެނޭކަމަށާއި އެއީ ޑަންކް އެން ޑިޕް، ކަބޯލް، ސޯހޯ ކޮފީ ހައުސް، ދަ ކޮފީ ބީން އެންޑް ޓީ ލީފް އަދި ބްރެޑް މެޓާސް ފަދަ މަގުބޫލު ކެފޭތައް ކަމަށެވެ.

ޓެކްސްޓް އަ ކޮފީ އަކީ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމަށް އުރީދޫއިން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއްކަން އުރީދޫ އިން ވަނީ ފާހަގަކޮށްފައެވެ. އަދި ސަޕްރައިޒް ޓްރީޓެއް ފޮނުވާލައިގެން މި ހިދުމަތުގެ ސަބަބުން ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރި ރައްޓެއްސަކަށްވެސް އުފާވެރިކަން ގެނެސްދެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. .

ޓެގު