English Edition
Dhivehi Edition
ކ. ގުރައިދޫ ބޭރުން “ރަންމުތް” ނަމަކަށް ކިޔާ ދޯންޏަކުން ހިފި ކިނބުލެއް ސިފައިންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފިއެވެ.
އެ ދޯނިން ހިފާފައި ވަނީ ދިގުމިނުގައި ހަ ފޫޓު ހުރި ކިނބުލެކެވެ.

މި ކިނބޫ ހިފާފައި ވަނީ ގުރައިދޫގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 1.5 ނޯޓިކަލް މޭލު ބޭރުންނެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފްގެ ސިފައިން އެ ސަރަހައްދަށް ގޮސް، ކިނބޫ ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ސިފައިން މިހާރު މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ސަރަހައްދަށް އަލުން ނާދެވޭނެހެން، ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ބޭރަށް އެ ކިނބޫ ގެންގޮސް ދޫކޮށްލުމަށެވެ. ރާއްޖެއިން މިފަދަ ތަކެތި ފެންނަ ހާލަތްތަކުގައި ސިފައިން އާންމުކޮށް އަމަލުކުރަނީ މި އުސޫލުންނެވެ.