English Edition
Dhivehi Edition

ތަހުގީގެއްގެ ބޭނުމަށް ފުލުހުން ހިފެހެއްޓި ފޯނެއް ނުލިބިގެން ދައުވާ ކުރުމުން, ފުލުހުން އެ ފޯނު އޭގެ ވެރިފާތާ ހަވާލުކޮށްފިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 21 އިން ފެށިގެން 10 ދުވަހުގެ މުއްދަތަށް، ތަހުގީގު ބޭނުމަކަށް ކަމަށް ބުނެ ފުލުހުން ވަނީ އެ މީހާގެ ފޯނު ހިފަހައްޓާފައެވެ.

އެކަމަކު، އެ މުއްދަތު ހަމަވިއިރު ވެސް ފޯނު އޭގެ ވެރިފަރާތާ ފުލުހުން ހަވާލުކޮށްފައި ނުވާއިރު، ފޯނު ހިފެހެއްޓުމުގެ މުއްދަތު ވެސް އިތުރު ކޮށްފައެއް ނުވެއެވެ.

މިދިޔަ ބުދަ ދުވަހު، ފޯނުގެ ވެރިފަރާތުން ވަނީ މުދާ ހޯދުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިފައެވެ. އެ އަމުރާ އެގޮތަށް އެދުނު ދުވަހު ފުލުހުން ވަނީ ފޯނު އަނބުރާ ހަވާލުކޮށްފައެވެ. އެހެންވެ، މުދާ ހޯދުމުގެ އަމުރަށް އެދުނު މައްސަލަ ބާތިލް ކޮށްދޭން ހުށަހަޅާފައިވާތީ ކޯޓުން ވަނީ އެ މައްސަލަ މިހާރު ބޭރުކޮށްފައެވެ.