އުރީދޫ ފަން ރަން މިއުޒިކް ޝޯގައި ތަފާތު އަދި ހުނަރުވެރި އެކި މިއުޒިކް ބޭންޑުތަކުން ބައިވެރިވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އުރީދޫ ފަން ރަން މިއުޒިކް ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ 18 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:00 އިން ރޭގަނޑު 11:59 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
އުރީދޫ ފަން ރަން 2025 ފެސްޓިވަލްގެ ތެރެއިން މިއަހަރުގެ މިއުޒިކް ޝޯ ގައި ރާއްޖޭގެ އެންމެ ހުނަރުވެރި އަދި މަޝްހޫރު ބޭންޑް ތައް ފެނިގެންދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މި ލައިންއަޕްގައި ރާއްޖޭގައި މަޝްހޫރު ޓްރެފިކް ޖޭމް، އިކުއެޓިކް ވައިބް، ހަބޭސް އަދި ސިމްބޮލިކް ރެކޯޑްސް ހިމެނޭއިރު، ފަން ރަންގެ ބައިވެރިންނަށާއި، އާއިލާތަކަށާއި، މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށާއި، މުޅި މުޖުތަމައަށް ހިތްގައިމު މާހައުލެއް ލިބިގެންދާނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
އުރީދޫ ފަން ރަން އަކީ ހަމައެކަނި ދުވުމެއް ނޫން ކަމަށާއި މިއީ މުޖުތަމައުގެ ދުޅަހެޔޮކަމާއި އުފާވެރިކަން ދައްކުވައިދޭ ހަރަކާތެކެވެ. މި މިއުޒިކް ޝޯ އަކީ އަބަދުވެސް ކްރައުޑްގެ ފޭވަރިޓެކެވެ. އަޅުގަނޑުމެންގެ އަމާޒަކީ މީހުން އެއްތަނަކަށް އެއްކޮށް، އެކްޓިވް ދިރިއުޅުމަށް ހިތްވަރުދީ، ދިވެހި ހުނަރު ދައްކާލުމަށް ހިތްވަރު ދިނުމެވެ.
އުރީދޫ ފަން ރަން މިއުޒިކް ޝޯވ އަކީ އާންމުންނަށް ހުޅުވާލެވިފައިވާ ޝޯއެކެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ސެންޓްރަލް ޕާކުގައި އުރީދޫ ފަން ރަންގެ ކުރީ ދުވަހުގެ ރެއެވެ.