އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އިންތިހާބު ކޮށްފިއެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަގުތީ ޗެއާޕާސަންގެ މަގާމަށް ޣަފޫރު އިންތިހާބު ކުރީ ވޯޓުގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓުންނެވެ.
އެމްޑީޕީގެ ޗެެއާޕާސަން ކަމަށް ބޭފުޅަކު ހޮވަން ބާއްވާ އިންތިހާބުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން ބަހުސްކޮށްފައިވާއިރު، މި ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ގިނަ މެންބަރުން ވަނީ ޣަފޫރަށް މަރުހަބާ ވިދާޅުވެ، އޭނާއަށް އިތުބާރު އޮތް ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް ބޭފުޅަކު އިންތިހާބުކުރަން މިދިޔަ މަހުގެ 28 ގައި ވެސް ވަނީ ޖަލްސާއެއް ބާއްވާފައެވެ.